ސްރީލަންކާގެ ކާފިއު އުވާލަނީ

58669662_2726994957370892_8561620213374648320_n.jpg

ލަންކާގެ އެމްސީ ހުންނަ ސަރަހައްދު - ފޮޓޯ : ވަގުތު

ކޮވިޑް -19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވާން ފެށުމުން ސްރީލަންކާގައި އިއުލާނު ކޮށްފައިވާ  ކަރަންޓީނު ކާފިއުގެ ލޮކްޑައުން އަމުރު އުވާލުމަށް، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އަންގަވައިފިއެވެ.

ކަރަންޓީނު ކާފިއުގެ ލޮކްޑައުން އުވާލި ކަމުގައި ވީ ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ކަން ސްރީލަންކާއިން މީގެ ކުރިން ވަނީ ހާމަ ކޮށްފައެވެ. މިކަމާ ބެހޭ އިތުރު ތަފްސީލުތައް، ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ހާމަ ކުރައްވާނެ ކަމަށް ލަންކާ މީޑިއާ ތަކުން ބުނެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު، ސްރީލަންކާއިން ކަރަންޓީނު ކާފިއުގެ ލޮކްޑައުން އަމުރު ތަންފީޒު ކުރަން ފެށީ މިދިޔަ އޮގްސްޓު މަހުގެ ތެރޭގަ އެވެ.

ކޮވިޑުން ދިފާއުވުމަށް ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ލަންކާއަށް ދަތުރު ފަށާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އޮވެއްޖެނަމަ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ޓެސްޓު ތަކުރާރު ކުރަން ނުޖެހޭ ގޮތަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރައިން ވަނީ ހަމަޖައްސާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top