ޝަލަބީމެންގެ ޝޯއަށް އޭދަފުށި ތައްޔާރު!

DSC0052.jpg

ފަސްމުގޫ ޝޯއަށް މަޝްހޫރު ލަވަކިއުންތެރިންނާއެކު ހައުސް އޮފްމިއުޒިކްްގެ ބައިވެރިން އޭދަފުށްޓަށް އައުން. - ފޮޓޯ :އީޓީ ރާއީ

ފަސްމުގޫގެ ފަރާތުން މިރޭ ބ.އަތޮޅު ރައްޔިތުން ހެއްވާލުމުގެ ގޮތުން ބާއްވާ ޝަލަބީމެންގެ ޝޯ އަށް މުޅި އޭދަފުށި ތައްޔާރުވެއްޖެއެވެ.

މި ޝޯގެ ބައިވެރިން މިއަދު އޭދަފުށްޓަށް އައުމާއެކު ގިނަ ބަޔަކު ވަނީ ޝޯގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބަދަރުމައްޗަށް ޖަމާވެފައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަލިއުންތެރިންގެ ތެރޭގައި ހިމެނޭ ޝަލަބީ އިބްރާހީމް އާއި އަހްމަދު އިބްރާހިމް (އަންމަޑޭ) ގެ އިތުރުން އެއަދެއްގެ ޖާދޫގައި ޖެހި އެތަކެއްޒުވާނުން މޮޔަ ކޮށްލާފައިވާ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ބަތޫލް އާއެކު ހަައުސް އޮފް މިއުޒިކްގެ ހާއްސަ ޝޯ ގެ މޫސީގާރުންގެ ހުރި ކުޅަދާނަކަން ދެކިލުމަށް އޭދަފުށި ކެކިއަރަމުންދާއިރު މިރޭގެ ޝޯ ގައި އެހެން ކަންތައްތަކެއްވެސް ފެންނާނެ ކަމަށް ވާތީ މި ޝޯ ވަރަށް ޚާއްސަކަމަށް ފަސްމުގޫ ގްރޫޕުން މައުލޫމާތު ދެއެވެ.

މި ޝޯގައި ޝަލަބީމެންގެ އަޑުގައި ހުރި މިއުޒިކީ ވަންތަކަމާއި އެއަޑުތަކުގެ މަސްތުގައި އެތައް ޒުވާނުންގެ ހިތްތައް ކަތިލެވެމުންދާއިރު ހަމަ މިޝޯގައި އޮންނާނެ އެންމެ އުފާވެރި އެއްކަމަކީ ފަސްމުގޫ ރޯދަ ސޭލް 2017 ގައި ބައިވެރިވ ފަރާތްތަކުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ބޮޑެތި އިނާމު ތައް އެގެ ހައްގުވެރިންނަސް ހަވާލު ކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top