މަގުތަކުގައި އަޅާ ތާރު ގެނެސްފި

DSCN4562-800x600-800x600.jpg

އޭދަފުށީގެ މަގެއް. ތާރު އެޅުމުގެ ކުރިން އަޅާ 150 އެމްއެމް.ގެ ކޮންކްރިޓް ލޭޔަރ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ -އީވީ ފައިލް ފޮޓޯ

އޭދަފުށީގައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްގެން ހަދާ 17 މަގުގައި އަޅަން ބޭނުންވާ ތާރު ޝިޕްމަންޓެއް އިއްޔެ އޭދަފުއްޓަށް ގެނެސްފިއެވެ.

17 މަގުގައި ތާރު އަޅަން ތައްޔާރު ކުރުމުގެ ގޮތުން މިހާރު މަގުތަކުގައި ކުރެވެމުން ދަނީ ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ 150 އެމްއެމްގެ ކޮންކްރިޓް ލޭޔަރ އެޅުމުގެ މަސައްކަތެވެ.

މިމަސައްކަތަށް ބޭނުންވާ ގިނަ މެޝިންތައް ވެސް މިހާރު އޭދަފުއްޓަށް ގެނެސްފައި ވާއިރު މަސައްކަތް މިހާރު މި މަސައްކަތާ ހަވާލުވެފައިވާ ހައުސިން މިނިސްޓްރީގެ ޕަބްލިން ވޯކްސް ސާވިސް އިން ވިދާޅުވީ އަންނަ ހަފްތާތެރޭ ތާރު އެޅުމަށް ބޭނުންކުރާ މެޝިނަރީޒް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާ މީހުން މިރަށަށް އަންނާނެ ކަމުގައެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީއާއި މިހާރު އުވާލާފައިވާ އެމްއާާރްޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ.

33 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތް ނުނިމި ދިގުލަމުން ދާތާ ތިން އަހަރު ވާން ދެން އޮތީ މަދު ދުވަސް ކޮޅެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top