ބ.އަތޮޅުގައި ބާއްވާ ފުރަތަމަ މަންތާާ ފެސްޓިވަލް ދަރަވަންދޫގައި

big_ubEpTu2wZL4x2DF6HjDq1XEP8.jpg

ބ.އަތޮޅު ބަޔޯސްފަޔާ ރިޒާވް- ފޮޓޯ /ޕީއެސްއެމް ނިއުސް

ބ.އަތޮޅުގައި ބާއްވާ ފުރަތަމަ މަންތާ ފެސްޓިވަލް އަންނަ ނޮވެމްބަރ މަހުގެ 24ގައި ދަރަވަންދުގައި ބޭއްވުމަށް ނިންމައިފިއެވެ.

“ދަ މަންޓާ ޓްރަސްޓު”ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ. އެގޮތުން މިފެސްޓިވަލުގައި ބ.އަތޮޅުގެ ސަރަޙައްދުގައި އާންމުކޮށް އުޅޭ މަޑިތަކާ އެހެނިހެން ދިރޭ ތަކެތި ރައްކާތެރިކުރުމާބެހޭ ގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ހިންގަން ހަމަޖެހިފައިވާކަމަށް “ދަ މަންޓާ ޓްރަސްޓް” އިން ބުނެއެވެ.

ބ. އަތޮޅުގެ ރަށްރަށާ ސްކޫލްތަކުންވެސް ބައިވެރިވެވޭ ގޮތައް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގެ ތެރެއިން ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި ގުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ފެސްޓިވަލުގައި މައުލޫމަތު ހިއްސާކުރުމުގެ ޚާއްސަ ހަރަކާތްތަކާ، ލައިވް މިއުޒިކް ޝޯވްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މަންޓާ ޓްރަސްޓާއެކު މިފެސްޓިވަލް ރޭވުމުގައި ބައިވެރިވާ ބ. ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރު ޝާފީ ޢަލީ ވިދާޅުވީ މި ފެސްޓިވަލުގެ ޒަރިއްޔާއިން މި ޞަރަޙައްދުގެ ރައްޔިތުންނާ ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި މަޑިފަދަ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރާނެ ކަމަށެވެ. މަންޓާ ޓްރަސްޓުގެ ފަރާތުން ފްލޮސީ ބަރައުޑް ވިދާޅުވީ ފެސްޓިވަލްގެ ތެރެއިން އެންމެ ޚާއްސަ ކަމެއްގެ ގޮތުން ކުރާނީ ދަރިވަރުންނަށް ފީނަން ދޭ ފުރުސަތުކަމަށެވެ.

މަޑީގެ ނަސްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަގުވާމީ ފެންވަރުގައި ދިރާސާތައް ކޮށް މިދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމްޢިއްޔާއިން ބާއްވާ މި މިފެސްޓިވަލުގައި ބ.އަތޮޅުގެ ގިނަ ރިސޯޓުތަކަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ބ.އަތޮޅަކީ އާދަޔާ ޚިލާފަށް ކަނޑުގެ ގުދުރަތީ މުއްސަދިކަން ބޮޑު ސަރަހައްދަކަށް ވާތީ ޔުނެސްކޯއިން ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަޑައަޅާފައިވާ ސަރަހައްދެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top