ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ބ.އަތޮޅުގައި ކުރިއަށްދަނީ

39a27618f1dc54b80987c6706135e6b7_XL-800x450-800x450.jpg

އަތޮޅު ކައުންސިލުން އިންތިޒާމް ކުރި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއްގައި ދޮންފަނު މިސްކިތުގައި ދީނީ ނަސޭހަތްދެނީ. ފޮޓޯ: ބ. އަތޮޅު ކައުންސިލް

އިސްލާމިކް މިނިސްޓްރީއާއި ބ.އަތޮޅު ކައުންސިލް ގުޅިގެން ބ.އަތޮޅުގެ ރަށްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އިއްޔެއިން ފެށިގެން ކުރިއަށް އެބަ ގެންދާ ކަމުގައި އަތޮޅު ކައުންސިލުން ބުނެފިއެވެ.

ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ނަސޭހަތް ދެއްވަނީ ކަމަށް ގާބިލް ދީނީ އިލްމްވެރިންނެވެ.

އަތޮޅު ކައުންސިލުން ބުނީ ރަށްރަށުގެ މިސްކިތްތަކުގައި މެންދުރު ނަމާދާއި އަޞްރުނަމާދަށް ފަހު މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށާއި މިކަމަށް ރަށްރަށުގެ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން ދާ ކަމަށެވެ.

އަތޮޅު ކައުންސިލްގެ ފަރާތުން ފާއިތުވި ރަމަޟާން މަހުވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top