ސްކޫލް ތަކުގައި ދެ ޖިންސު މައްސުނިކޮށް ކިޔަވައިނުދޭން އެދިއްޖެ

img_md_202309051133131693895593.992.jpeg

އިލްމުވެރިންގެ ގުޅުމުގެ މެންބަރުން

ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސު އެއްކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ތަޢުލީމީ ނިޒާމް އިޞްލާޙުކޮށްދިނުމަށް ޢިލްމުވެރިންގެ ގުޅުމުން އެދިއްޖެ އެވެ.

ޢިލްމުވެރިންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުއަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށެވެ. ނަމަވެސް، 2008 ވަނަ އަހަރު އައި އައު ސަރުކާރުން ތަޢުލީމީ ދާއިރާ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ޘަޤާފަތާ ބީރަށްޓެރި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާކޮށް ބަދަލުތަކެއް ގެނެސްފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިއާއެކު އެ ސިޓީގައި ވަނީ ދާދިފަހުން އައްޑޫ ހައި ސްކޫލުގައި ހިނގައިދިޔަ ކަންކަމަށް އިޝާރާތްކޮށް، އެއީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ ދަށުދަރަޖައިގެ ކަމެއް ކަމުގައި ސިފަކޮށްފައެވެ.

އަދި ދާދިފަހުން ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއިން ފެނިގެން ގޮސްފައިވާ މަންޒަރުތަކަކީ އަޚްލާޤީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި އެފަދަ ނޭދެވޭ އަސަރުތައް ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް ކުރާނީ ދެ ޖިންސު މައްސުނިވުމުގެ ސަބަބުންކަން ވަނީ އެ ސިޓީގައި ފާހަގަކޮށްފަ އެވެ. އަދި ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގެ މުއްސަސާތަކުން (ހަވަރޑް ޔުނިވަރސިޓީ، ބީބީސީ)ހަދާފައިވާ ދިރާސާތަކާއި ކީރިތި މާތް ނަބިއްޔާގެ ޒަމާނުގެ ބައެއް ޙާދިޘާތަކުން ވެސް ދެ ޖިންސު މައްސުނި ކުރުމުގެ ނޭދެވޭ އަސަރުތައް ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން ސްކޫލްތަކުގެ ތަޢުލީމީ މާޙައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާޙައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުޞޫލުތައް އިޞްލާޙު ކޮށްދެއްވުމަށް ޢިލްމުވެރިން އެދިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އަދަބު އަޚްލާޤަށް އިސްކަންދޭ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައި، ޢިލްމުވެރިންގެ ފަރާތުން މިފަދަ ހުށަހެޅުމެއް މިވަނީ އައިސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top