އޭދަފުށިޓީމް އައްޑުއަށް. ކާމިޔާބު ދަތުރަކަށްއެދެން

12449461_1734228950143904_1449494708_o.jpg

އޭދަފުށި ފުޓްބޯޅަޓީމް. ފޮޓޯ؛ އިބްރާހިމް ފާއިދު

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އޭދަފުށީ ޓީމް ދަތުރުކުރުމާއި ގުޅިގެން ސެމީ ގެ މެޗުތައް ކުޅުމަށް އޭދަފުށި ޓީމު މިއަދު އައްޑުއަށް ފުރައިފިއެވެ.

ސެމީ ފައިނަލްގެ މެޗުތައް އައްޑޫސިޓީގައި އަންނަ ހޮނިހިރު ދުވަހު ފެށޭއިރު އެދުވަހު އޭދަފުށި ބައްދަލުކުރާނީ ފަރެސް މާތޮޑާއާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޭދޫއާއި ފޯކައިދޫއެވެ.

މިހަތަރު ޓީމު ސެމީއަށް އައިސްފައިވަނީ ކުޅުދުއްފުށްޓާއި އައްޑޫގައި ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާމެޗާ ފައިނަލް މެޗުވެސް އޮންނާނީ އައްޑޫސިޓީގައެވެ.

އައްޑޫސިޓީގައި ކުޅޭ މެޗުތައް ޓީވީ މޯލްޑިވްސްއިން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭދަފުށީ ޓީމަށް އޭދަފުށި ވޮއިސްގެ ފަރާތުން ކާމިޔާބަށް އެދެމެވެ. އުއްމީދުކުރަނީ މި މުބާރާތުގައި މިހާތަނާ ހަމައަށް ހޯދަމުން އައި ކާމިޔާބު ދަމަހައްޓާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top