ޝުޖާއު އިސްތިއުފާ ދެއްވުމުން ނައިބު ރައީސަކަށް އިބްރާހީމް އަބްދުއްރަހްމާން

370794253_744113774393535_1025778194944532711_n.jpg

ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކެންދޫ ކައުންސިލުގެ އިބްރާހީމް އަބްދުއްރަހްމާން އިންތިޚާބު ކޮށްފި އެވެ.

އަބްދުއްރަހްމާން އެމަގާމަށް އިންތިޚާބު ކުރެވުނީ ފަސް ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު އާއި ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއުއެވެ. އެ ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.

ބ. އަތޮޅު ކައުންސިލުގެ މެންބަރުގެ ގޮތުގައި ތިއްބަވަނީ 14 މެންބަރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top