ގައުމީ ޓީމަށް މަރުހަބާ ކިޔަން އަންގާރަ ދުވަސް ބަންދު

saff-suzuki-cup-final-maldives-vs-insia-78-755x435.jpg

ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެމްޕިއަން ޝިޕް ކާމިޔާބު ކުރުމާއި ގުޅިގެން އެޓީމަށް މަރުހަބާ ކިއުމުގެ ގޮތުން އަންނަ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމް ތައްޓާއެކު ބަންގާޅުން މާލެއައުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ސާފް ސުޒުކީ ކަޕްގެ ފައިނަލް މެޗުގައި އިއްޔެ އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ރާއްޖެއިން ޗެމްޕިއަންކަން ހޯދާފައިވަނީ 2-1 އިން  ގަދަފަދަ އިންްޑއާ ބަލިކޮށްގެންނެވެ.

މިއީ ގައުމީ ޓީމުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި މުބާރާތް ރާއްޖެ އިން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top