އެމްއެންޕީގެ ވެރިކަމެއްގައި ދަރަވަންދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނެ

49e3ea42-0d45-4d94-a4ce-adac01086794-1536x1023-1.jpeg

ދަރަވަންދޫގައި ބޭއްވި އުޖާލާ ޒަމާން ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ - ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ވެރިކަމެއްގައި ދަރަވަންދޫ އެއާޕޯޓް އިންޓަނެޝަނަލް ފެންވަރަށް ތަރައްގީ ކުރަައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އިން ރޭ ދަރަވަންދޫގައި ބޭއްވި އުޖާލާ ޒަމާން ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެތައް ރިސޯޓެއް ހިންގާ ބ. އަތޮޅު އެއާޕޯޓް ފެނިފައި ވަަރަށް ބޮޑަށް ދެރަވި ކަަމަށެވެ.

“މި ސަރަހައްދުގައި 17 ރިސޯޓް އޮވެމެ، އަދި އެންމެ މަތީ ފަންތީގެ ރިސޯޓްތައް އޮވެމެ، މިއީ ހަމަ މި ރާއްޖެއަށް، މި ސަރަހައްދަށް، މި ބ އަތޮޅަށް، މި ދަރަވަންދޫއަށް ހަމަ ހައްގު މިންވަރުހޭ”.

އަދި މި ދަރަވަންދޫ ރައްޔިތުން ހޭވެރިވެގެން ސަރުކާރުތަކުން މިތަންތަނަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

”މިރަށަށް ފައިބައިގެން އައިއިރުގައި މިއީ ވިހި ތިރީހަކަށް އަހަރު ކުރިންވެސް މީހުން ނުކުރާ ގޮތަށް. ގާޑިއަލަކަށް ލައިގެން ލަގެޖް ފެނުމަކީ އަޅުގަނޑުމެންނަށް ކެތް ކުރެވޭނެ ތަނެއް ނޫން.”.

ދުނިޔޭގެ އެންމެ މުއްސަނދިން ރިސޯޓްތަކަށް އައިސް ފައިބައިގެން ދާން ޖެހޭނީ އެ މީހުން އަންނަ ފެންވަރުގައި ކަމަށާއި، މި ރާއްޖެ އެއަށްވުރެ ބޮޑަށް ތަރައްްގީވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ދަރަވަންދޫގައި ގިނަ ގެސްޓްހައުސްތަކެއް ހެދިފައި އެބަ ހުރި ކަމަށާއި، އެކަމަކު މި ގެސްޓް ހައުސްތަކުގައި އެއްވެސް ސިޔާސަތެއް ޕްލޭނެއް ނެތް ކަމަށެވެ. ތަރައްގީ ކުރުމުގެ ޕްލޭނެއް ނެތް ކަމަށާއި، އެކަންކަން ކުރެވޭނެ ގޮތެއް ފަހި ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

”މި ސަރަހައްދުގެ ބޮޑު މަންޒަރެއް އަޅުގަނޑުގެ އަތުގައި އެބަ އޮތް، މި ސަރަހައްދަށް ބޭނުންވޭ ބޮޑު މަންޒަރެެއްގެ ކަންކަން ކުރަން. އަޅުގަނޑުގެ ވިސްނުމުގައި އޮތީ، މިރަށުގައި މި އޮތް އެއާޕޯޓް ޒަމާނީ ފެންވަރަށް ބަދަލު ކުރުން، ޒަމާނީ ފެންވަރަށް ބަދަލު ކުރުމަކީ އިންޓަނޭޝަނަލް ފެންވަރަށް މި އެއާޕޯޓް ބަދަލު ކުރުން“. ނާޒިމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top