ރަންނާ އެވޯޑް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

DSC_0955.jpg

ރަންނާ އެވޯޑް 2016ގައި ޝަރަފްވެރިކަމުގެ އެވޯޑް ހާސިލްކުރެއްވި އަބްދުއްރައްޒާގް މުހައްމަދު އެވޯޑާ ހަވާލުވެލައްވަނީ. ރަންނާއެވޯޑް 2018 އަށް މިހާރުިވަނީ ފުރުސަތު ހުޅުވާލާފައި / ފޮިޓޯ: އަތޮޅު ކައުންސިލް

ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ބ.އަތޮޅަށް އަދި ގައުމަށް ފާހަގަކުރެވޭފަދަ ހިދްމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ބ. އަތޮޅު ކައުންސިލުން ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ “ރަންނާ އެވޯޑް” 2018އަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއެވޯޑަށް ފުރުސަތު ހުޅުވާލައި ބ. އަތޮޅު ކައުންސިލުން މިއަދު ކުރި އިޢްލާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ދޭ މިއެވޯޑް 6 ދާއިރާއަކަށް ބަހާލެވިފައިވާ ކަމަށެވެ. އެއީ ޝަރަފުވެރިކަމުގެ އެވޯޑާ، ހިތްވަރުދިނުމުގެ އެވޯޑް، ކައުންސިލުންދޭ ހާއްސަ އެވޯޑް، އަދި މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑާއި، ހާއްސަ ހިދްމަތުގެ އެވޯޑްގެ އިތުރުން ހިންގުން ތެރިކަމުގެ އެވޯޑެވެ.

އަތޮޅު ކައުންސިލްގެ އިޢްލާންގައިވާގޮތުން ރަންނާ އެވޯޑް 2018 ޙާޞިލް ކުރައްވާ ފަރާތްތަކަށް ބ.އަތޮޅު ކައުންސިލްގެ ފަރާތުން ޚާއްޞަ އެވޯޑެއް އަރުވާއިރު، އެންމެ ޚިދުމަތްތެރި ރަށުކައުންސިލްތަކަށާއި، އެންމެ ޚިދުމަތްތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށާއި އެންމެ ހިންގުންތެރި ކްލަބް/ ޖަމިއްޔާ އަދި ޕީ.ޓީ.އޭއަށް ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރު ބޭއްވި ރަންނާއެވޯޑް ދިނުމުގެ ފުރަތަމަ ރަސްމިއްޔާތުގައި ބ. އަތޮޅަށާއި އަދި ގައުމަށް ފާހަގަކުރެވޭފަދަ ހިދްމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ގޮތުގައި ތިރީހަށްވުރެ ގިނަ ފަރާތަކަށް ރަންނާ އެވޯޑް ދީފައިވެއެވެ.

އަތޮޅު ކައުންސިލުން ބުނީ އެވޯޑަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެވޯޑަށް ކުރިމަތިލައްވަން އެދޭފޯމް ފުރިހަމަކުރުމަށްފަހު، ބ.އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލްގެ އިދާރާއަށް ހުށަހެޅޭނެއެވެ. އަތޮޅު ކައުންސިލުން ބުނީ ރަންނާ އެވޯޑް 2018 ހަފްލާ އޮންނާނީ އަންނައަހަރު މާރޗް މަހުގެތެރޭގައިކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top