ނަސްރުﷲ ހޯދަން، ޑައިވް ރޮބަޓާ، ހެލިކޮޕްޓަރުގައި މަސައްކަތް ފަށައިފި

l_157798231316VRMP.jpg

ގެއްލިގެން ހޯދަމުން އަންނަ ނަސްރުﷲ އަބްދުﷲ

ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އެ ސަރަހައްދުގައި މަސްވެރިކަމަށް މަަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެންނާތީ، މިއަދު ޑައިވް ރޮބަޓާ، ހެލިކޮޕްޓަރުގައި އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ 7:06 އެހާއިރު ހިނގި އެ އެކްސިޑެންޓްގައި ގެއްލިފައި ވަނީ، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.

އެމްއެންޑީއެފުން ބުނީ ނަސްރުﷲ ހޯދުމަށް އެކްސިޑެންޓް ހިނގި ހިސާބުގެ ކަނޑުގެ ބޮޑު ސަރަހައްދެއް ބެލުމަށް ކޯސްޓް ގާޑުގެ ލޯންޗަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި ކަނޑުގެ އަޑި ބެލުމަށް ގިނަ އަދަދެއްގެ ޑައިވަރުންނާއި އެކު ޑައިވް ރޮބަޓް ވެސް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ގެއްލުނު މީހާގެ އެއްވެސް ނިޝާނެއް ފެނޭތޯ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު ނަސްރުﷲގެ އިތުރުން ޑިންގީގައި، އުމުރުން 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ވެސް ހުއްޓެވެ. އެތަނުން އެކެއްގެ ބޯ ފަޅައިގެން ގޮސް އަތާއި ފައި ޒަހަމްވެފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ވެސް ދަރަވަންދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާދީފައިވާ ކަމަށް ވެސް ބުންޏެވެ. އެކްސިޑެންޓްގައި ލޯންޗްގައި ދުއްވަން އިން ކެޕްޓަންއަށްވެސް އަނިޔާވެ ބ. އަތޮޅު ހޮސްޕިޓަލުން ރޭ ފަރުވާ ދިނެވެ. ލޯންޗްގައި ހުރި ފަޅުވެރި މީހާގެ ކަންފަތަށް ލިބުނު ގެއްލުމާ ގުޅިގެން އޭނާގެ ކަންފަތުގެ ސާޖަރީއެއްވެސް ބ. އަތޮޅު ހޮސްޕިޓަލްގައި ރޭ ކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top