މެސީ އަނެއްކާވެސް ބައްޕައަކަށް

ލިއޮނަލްމެސީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އެންތޮނެއްލާ އާއެކު

ލިއޮނަލްމެސީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އެންތޮނެއްލާ އާއެކު

އާޖެންޓީނާގެ ފުޓްބޯޅަތަރި ލިއޮނަލްމެސީއަށް އަނެއްކާވެސް ދަރިއަކު ލިބިއްޖެއެވެ.

އޭނާގެ ދުވަސްވީ ލޯބިވެރިޔާ އެންތޮނެއްލާ ރޮކޫޒޯއަށް މިފަހަރު ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އަލަށްލިބުނު ދަރިފުޅު މެޓެއޯ އުފަންވެފައިވަނީ ހުކުރުދުވަހު ބާސެލޯނާގައެވެ.

“މެޓެއޯ އުފަންވެފައިވަނީ ހުކުރުދުވަހު ބާސެލޯނާގައ.ި އެއީ ވަރަށް ރީތި ކުއްޖެއް.އެކަމާ އަހަރެމެން މިތިބީ ވަރަށް އުފަލުން .” މެސީގެ ބޭބެ މެތިއަލްމެސީ އޭނާގެ ޓްވިޓްގައި ލިޔެފައިވެއެވެ.

އުމުރުން 28 އަހަރުގެ މެސީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ އެންތޮނެއްލާއަށް ކުރިންވެސް ވަނީ ދަރިއަކު ލިބިފައެވެ. ތިން އަހަރުގެ ޓިއާގޯއަކީ މިދެމީހުންގެ ފުރަތަމަ ފިރިހެން ދަރިފުޅެވެ.

މެސީ ވަނީ މިދިޔަމަހު ނެގި ވޯޓުން 2015ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. 2014 ގައިވެސް މި މަގާމުގައި ހުރީ މެސީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި