އދ.ގެ މައިއޮފީހުގައި ފަލަސްތީނުގެ ދިދަނެގުމަށްނިންމައިފި

9eead0a638a249739de0a6424287d3a6_18.jpg

އެމެރިކާއާއި އިޒްރޭލްގެ ދެކޮޅުހެދުންތަކާ ގަދަބަސްތައްބުނަމުން ދަނިކޮށް އެކަމަށް ބެލުމެއްނެތި 119 ގައުމުގެ ވޯޓާއެކު އދ.ގެ މައި އޮފީހުގައި ފަލަސްތީނުގެ ދިދަ ނެގުމަށް ނިންމައިފިއެވެ.

މިއީ ޔުނައިޓެޑްނޭޝަންގެ ފުރިހަމަ މެންބަރަކަށްވުމަށް ފަލަސްތީނު ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިބިލާ ދެކޮޅަށް ވޯޓްދީފައިވަނީ އެމެރިކާ އާއި އިޒްރޭލްގެ އިތުރުން އެންމެ ހަގައުމުުންނެވެ. އަދި ބިލް ފާސްކުރުމަށް އެއްވެސް ކޮޅަކަށް ވޯޓްދީފައިނުވަނީ 45 ގައުމަކުންނެވެ.

ބިލް ފާސްވުމާއި ގުޅިގެން އިޒްރޭލުން ވަނީ އދ.އަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

އދ.ގެ އިދާރާތަކުގައި ފަލަސްތީނުގެ ދިދަ ނެގުމަށް ނިންމި ނިންމުމަކީ ބާރުގަދަ ޔަހޫދީ ގައުމުތަކަށް ލިބުނު ބޮޑުވެގެންވާ ނާކާމިޔާބެއްކަމުގައި ރިޕޯޓަރުން ސިފަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top