ބީކޭ އަންޑަރ 21 ފުޓްސަލް ކަޕް 2018 ގައި ރޭ ކުޅެވުނު ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެގެން ހުސް ސޮނގުން އަދި ޑައުންޓައުން އެފްސީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ހުސް ސޮނގުން ފައިނަލަށް ގޮސްފައިވަނީ ކިންގް ސްޕޯޓްސް އާއި ވާދަކޮށް 3-3 އިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން7-6ގެ ނަތީޖާ އިންނެވެ.
މި މެޗްގެ މޮޅު ކުޅުން ތެރިޔާގެ މަގާމް ލިބިފައިވަނީ ހުސް ސޮނގުން ޓީމްގެ އަލީ އަޝަމްއަށެވެ.
ޑައުންޓައުން އެފްސީ ފައިނަލަށް ގޮސްފައިވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އިރުމަތީ ލަވަރސް އާއި ބައްދަލުކޮށް 5-1 އިން އިރުމަތީ ލަވަރސް ބަލިކޮށްގެން ނެވެ. ޑައުންޓައުން އަށް ގޯލް ތައް ޖަހައިދިނީ ޒައިން ސަމީރު 3 ގޯލް އަދި އިސްމާއީލް ޝަރީފް 2 ގޯލެވެ. އިރުމަތީ ލަވަރސްގެ ހަމައެކަނި ލަނޑު ޖަހައިދީފައި ވަަނީ ނިޝާމް މުހައްމަދު ރަޝީދު އެވެ.

ޝަރަފްވެރި މެރި މެހްމާން ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އިޝާން އިބްރާހީމް ،ފުރަތަމަ މެޗްގެ މޭން އޮފް ދަ މެޗް ހަވާލު ކުރުން.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ޑައުންޓައުން އެފްސީގެ ޒަައިން ސަމީރުއެވެ.
މި މުބާރާތުގައި މިރޭ އޮންނާނީ ފައިނަލް މެޗެވެ. ބީކޭ އަންޑަރ21 ފުޓްސަލް ކަޕް 2018ގެ ފައިނަލް މެޗުގައި މިރޭ ބައްދަލު ކުރާނީ ހުސް ސޮނގުން ޓީމާއި ޑައުން ޓައުން އެފްސީއެވެ.
މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި އޭދަފުށީ ފުޓްސަލް ދަނޑުގައެވެ.