ބ.މާޅޮހު މާސް ޖަމިއްޔާގެ ފަރާތުން ވޯލްޑްކަޕް ބެލުމަށް ތައްޔާރު ކުރި “ވޯލްޑްކަޕް ޖަޒީރާ ޖަގަހަ ” އަށް އެނަން ކިޔާފައިވާތީ ޖަގަހައިގެ ބޭރުގައި ހަރުކޮށްފައިވާ “ވޯލްޑްކަޕް ޖަޒީރާ ޖަގަހަ ” ފޮތިގަނޑު ނަގަން ފުލުހުން އަންގައިފި ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
ރާއްޖެ.އެމްވީ އަށް މައޫލޫމާތު ދެއްވަމުން މާސް ޖަމިއްޔާގެ އިންތިޒާމް ސެކްރެޓަރީ އަބްދުލްމަތީން ވިދާޅުވި ކަމަށް އެނޫހުގައި ވަނީ “ވާރލްޑް ކަޕް ބެލުމަށް އެޖަމިއްޔާއާއި، ރަށު ކައުންސިލުން އަދި ޒުވާނުންތަކެއް ގުޅިގެން ވާރލްޑް ކަޕް ބެލުމަށް ޚާއްސަ ޖަގަހައެއްހެދީ މާސް ޖަމިއްޔާއަށް ދޫކޮށްފައި އޮތް ބިމެއްގައި ކަމަށާ ފޯރީގައި ވާރލްޑް ކަޕް ބެލުމުގެ އުންމީދުގައެވެ. ސިޔާސީ ހަރަކާތް ހިންގުމަށް ނޫން ކަމަށެވެ.”
“ނަމަވެސް ހުކުރު ދުވަހުގެރޭ ވާރލްޑް ކަޕް ބަލަން ވަރަށް ފޯރީގައި ތިއްބައި އޭދަފުށިން އައި ފުލުހުންތަކެއް ޖަގަހައިގެ ތެރެއަށްވަދެ، ޖަގަހައިގެ ބޭރު ފާރުގައި ހަރުކޮށްފައި އިން ފޮތިގަނޑު ނެގުމަށް އެންގީއެވެ.” ރާއްޖެ އެމްވީ ގައި ބުނެފައި ވެއެވެ. މަތީން ވިދާޅުވި ކަމަށް އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މަސްލަހަތަށްޓަކައި އެފޮތިގަނޑު ނެގީ ކަމަށާއި، ފޮތިގަނޑު ނެގުމަށް އެންގީ އެފޮތިގަނޑުގައި “ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ” ޖަހާފައި އޮތުމުން ކަމުގައެވެ. އެކަމަކު އެނަން ކިޔާފައިވަނީ އެންމެން ވެސް ބޭނުންވެގެން ކަމަށް މަތީން ވިދާޅުވިއެވެ.”
އެމްޑީޕީ މެޖޯރިޓި އޮންނަ މާސް ޖަމިއްޔާ އިން މިޖަގަހަ ހެދެމުގެ މަސައްކަތް ކުރިއަށް ދިޔައިރު ޕީޕީއެމް ބައެއް މީހުންގެ އުދަނގުލާއި، ދުއްތުރާތައް ކުރިމަތިވިކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ޒުވާނުން ވެސް މިޖަގަހަ ހެދުމުގައި މަސްއޫލުވެ އުޅުނު ކަމުގައެވެ.
ބ.މާޅޮހުގެ މާސް ޖަމިއްޔާއަކީ އެރަށަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ އިތުރުން އިޖްތިމާއީ ގިނަ ހަރަކާތްތަކެއްވެސް ވެސް ހިންގަމުން ގެންދާ ޖަމިއްޔާއެކެވެ. އެރަށުގައި ފެން ޕްލާންޓަކާއި، ފްރީސްކޫލެއްގެ އިތުރުން ބެޑްމިންޓަން ކުޅޭ ހޯލެއް ވެސް މާސް ޖަމިއްޔާއިން ވަނީ އެރަށުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.
19 މެމްބަރުންގެ މައްޗަށް އެކުލެވޭ މާސް ޖަމިއްޔާގެ އިތުރުން އެރަށުގައި ހަރަކާތްތެރިކަމާއެކު ހިންގަމުން އަންނަ އަނެއް ޖަމިއްޔާއަކީ މާރެސް ޖަމިއްޔާ އެވެ. މި ޖަމިއްޔާ އަކީވެސް ރައްޔިތުންނަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.