ބީކޭ އަންޑަރ21 ފުޓްސަލް ކަޕް : ހުސް ސޮނގުން ސެމީ އަށް

3.jpg

ބީކޭ އަންޑަރ 21 ފުޓްސަލް ކަޕް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލު ކުރީ ޑައުންޓައުން އެފްސީއާއި ހުސްސޮނގުން އެވެ. ވާދަވެރި ކުޅުމަކަށް ފަހު މެޗް ނިމުނީ 5-0ގެ ނަތިޖާއާއެކު ހުސްސޮނގުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ހުސް ސޮނގުން އަށް ގޯލް ޖަހައިދިނީ އަހުމަދު އަފްނާން 3 ގޯލް، އަލީ ނަސީމް 1 ގޯލް ގެ އިތުރުން ޑައުން ޓައުން އެފްސީ ކީޕަރުގެ ގެ އަތުން ބައި ކޮޅަށް ވަތް ގޯލެކެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސް ސޮނގުން ޓީމްގެ ކީޕަރ މުހައްމަދު އަނޫފެވެ.

މި މެޗް ކާމިޔާބު ކުރުމާއެކު ހުސް ސޮނގުން މިހާރު ވަނީ އެ ގްރޫޕްގެ އެއްވަނައިގާ އޮވެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ރޭގެ މެޗްގައި ހުސް ސޮނގުން ގެ ޖާޒީ ނަންބަރު 7 އަލީ ނަސީމަށް ދެ ރީދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުގެ ސަބަބުން އޭނާއަށް ސެމީ ފައިނަލްުގައި ކުޅުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލު ކުރީ ކިންގް ސްޕޯޓްސް އާއި ޓީމް 17 އެވެ. 2-2 އިން އެއްވަރުވެގެން މި މެޗް ނިމުނު އިރު ގޯލުގެ ތަފާތުން ކިންގްސްޕޯޓްސް ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ. ކިންގް ސްޕޯޓްސް އަށް ލަނޑު ޖަހައިދިނީ ހުސެން ޒަހުވާން އާއި އަހުމަދު ހުނައިފެވެ. ޓީމް 17 އަށް ލަނޑު ޖަހައިދީފައިވަނީ އަބާން އަލީއެވެ.

ޓީމް 17 އަށް ލިބުނު ދެވަނަ ގޯލަކީ ކިންގް ސްޕޯޓްސް ގެ އަނޫސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މުބާރާތުގެ މިރޭ ސެމީފައިނަލްގެ މެޗްތައް ފެށޭ އިރު ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމް ޑައުންޓައުން އެފްސީ އާއި ގްރޫޕް ބީގެ އެއްވަނަ ޓީމް އިރުމަތީ ލަވަރސް އެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ.

އޭދަފުށީގައި ފުޓްސަލް ކުރިއެރުވުމާއި ޒުވާން ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގްސަދުގައި ބީކޭ ގްރޫޕުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ދިރާގު، ރެޑްވޭވް، ހީނާ އައިޓަމްސް މޮޓޯޓެކް އަދި ފްރެންޑް މީ އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top