އަތޮޅުތެރޭގައި ބާއްވާ ޤުރުއާން މުބާރާތްތަކުން ހޮވާލެވޭ ފަރާތްތަކަށް ޤައުމީ މުބާރާތުން ފުރުސަތު ދެނީ

b_SZpmn4IVLPEGQSiBvr0z33lXk.jpg

އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު --ވަން ފޮޓޯ : މުހައްމަދު އައުޒަމް

އަންނަ އަހަރު ބާއްވާ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، އަތޮޅުތެރޭ އެކި ހިސާބުތަކުގައި ޤުރުއާން މުބާރާތްތަކެއް ބާއްވައި، އެ މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް ވެސް ދޭނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވީ މިއަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭގެ އިތުރުން އަންނަ އަހަރުގެ މުބާރާތުގައި، ކައުންސިލު ތަކާއި ޤުރުއާން ކްލާސްތަކާއި ސްކޫލްތަކުގެ އިތުރުން މުއައްސަސާތަކަށްވެސް ފުރުސަތު ދޭނެ ކަމަށާއި އަދި އަތޮޅުތެރޭގައި ބާއްވާ ޤުރްއާން މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ނަތީޖާއަކަށްވާނީ އިރާދަ ކުރެއްވިއްޔާ ރަނގަޅު ކުދިންތަކެއް އަޅުގަނޑުމެންނަށް ފެނިގެން ދިއުން، ރަނގަޅު ކިޔެވުންތަކެއް އަޑު އިވިގެން ދިއުން،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވާނީ މިޑް-ޓާމް ބަންދުގެ ތެރޭގައި ކަމަށާ ގައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާ ފަރާތްތައް ދުރާލާ މުބާރާތަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން  މުބާރާތް ކުރިއަށް ގެންދާނީ އެކި އުމުރު ފުރާތަކަށް ކަނޑައަޅާފައިވާ މުގައްރިރަށް ކަމަށެވެ.

ގައުމީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވާފައިވެއެވެ.

މި މުބާރާތުގައި ޖުމްލަ 1273 ބައިވެރިން ބައިވެރިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top