ތުުޅާދޫގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި

big_PVDiDyMZ7ovS4WV.jpg

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހެނދުނު ތުޅާދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވައި ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވައިފިއެވެ.

50.5 މިލިއަން ރުފިޔާ ކަރަދުކޮށްގެން ހަދާފައިވާ ތުޅާދޫގެ ބަނދަރަކީ 1210 ފޫޓު ދިގު އަދި 550 ފޫޓު ފުޅާ ބަނދަރެކެވެ. ޒަމާނީ ފެންވަރަށް އެ ބަނދަރު ހަދާފައިވަނީ ވަށައިގެން ބޮޑު ހިލައިގެ ރިވެޓްމެންޓް ވެސް ޖަހައިގެންނެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ގާ އެތުރުމުގެ އިތުރުން މަގު ބައްތިތައް ވެސް އެ މަޝްރޫއުގެ ދަށުންވަނީ ހަރުކޮށްފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުންވެސް ފާހަގަކޮށްފަ އެވެ.  މި މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. 2015 އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު  އެކުންފުންޏާ ހަވާލު ކުރި މަސައްކަތް  ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ތުޅާދޫގައި މިހާރު ވެސް ފެނާ ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެއެވެ.  އޯޕެކްގެ ލޯނުގެ ދަށުން 75 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 9.7 ކިލޯ މީޓާރުގެ ފެން ވިއުގައެއް ގާއިމްކުރާނެ އެވެ. އަދި ފެން ރައްކާކުރަން 993 ޓަނުގެ ތާނގީއެއް އަދި 934 ޓަނުގެ ތާނގީއެއް ބަހައްޓާނެ އެވެ.

ތުޅާދޫގައި އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއު ވެސް ކުރިއަށް އެބަގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top