އެމް ސެވަންގެ ސްކޫލް ޕްރޮމޯ 2023 ކުރިއަށް ދަނީ!

WhatsApp-Image-2023-06-28-at-12.55.49.jpg

އެމް7 ގެ ފޮތްފިހާރައެއް

ބ.އަތޮޅަށް ތަފާތު ދާއިރާތަކުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔާ ވެފައިވާ ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލާ މަސްލަހަތު އޮންނަ މަޝްހޫރު އެމްސެވަން ގެ ސްކޫލް ޕްރޮމޯ 2023 ފަށައިފި އެވެ.

“ބެކް ޓު ސްކޫލް” ސީޒަންއަށް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ އެމްސެވަންގެ ސްކޫލް ޕްރޮމޯ އަކީ ސްކޫލްތަކުގެ ދަރިވަރުންގެ ވައުޗަރަށް ތަކެތި ދޫކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ޖޫން އިން 5 އޮގަސްޓްގެ ނިޔަލަށެވެ.

ޕްރޮމޯޝަން ގައި ފާހަގަކޮށްލަން ޖެހޭ މުހިއްމު ކަންކަން

– ގާތްގަނޑަކަށް ހުރިހާ އަތޮޅުތަކެއްގެ ހުރިހާ ރަށެއްގައި މި ޕްރޮމޯޝަންގެ އެޖެންޓުން ތިއްބަވާނެ. މީގެ ތެރޭގައި ސިޓީ ތަކާއި ވަކިވަކި ކުދި ރަށްރަށް ވެސް ހިމެނޭނެ. އެ ފަރާތްތަކަށް ގުޅުމުން އެއްވެސް ޚަރަދަކާއި ނުލައި ފޮތްތަކާއި ވައުޗަރުގައި ހިމެނޭ އެހެން ތަކެތި ލިބިގެންދާނެ.

– އެމް ސެވަން އިން ފޮތްތައް ދޫކުރާއިރު މައިގަނޑު 4 ކަމަކަށް އިސްކަންދޭ. އެއީ ފެންވަރު ރަނގަޅު ތަކެތި ފޯރުކޮށްދިނުމާއި، ޔަގީންކަމާއިއެކު ހަލާކުވުމެއް ނެތި ކަސްޓަކަމަރުންގެ ގާތަށް ތަކެތި ގެންގޮސްދިނުމާއި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމާއި، ހިނިތުންވުމާއި އެކުވެރިކަމާއި އެކީގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުން.

– އެމް ސެވަންގެ ފޮތްތަކަކީ، އާންމު ރައްޔިތުންނާއި ސްކޫލު ކުދިން ވެސް ވަރަށް ކޮލިޓީ ތަކެތި ކަމުގައި ބަލައިގަންނަ، އަބަދުވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ފޮތްތަކެއް. ހަމައެހެންމެ ގްރޭޑް 1-10 ގެ އިތުރުން ޕްރީސްކޫލުގެ ފޮތް ލިސްޓަށް ވެސް އެމް ސެވަންއިން ތަކެތި ލިބިވަޑައިގަންނަވާނެ.

– ފޮތްތައް އުފައްދާފައިވާނީ ރާއްޖޭގެ މާހައުލާއި ގުޅޭ ޑިޒައިންތަކަކަށް. އަދި މިފަހަރު އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައި ވަނީ މޮނިޓަރ ހާޑް ކަވަރުގެ ބަދަލުގައި ސޮފްޓް ކަވަރުގެ ފޮތްތައް ދޫކުރުމަށް ކަމަށް ވާތީ، ސޮފްޓް ކަވަރުގެ ފޮތްތައް އެމް ސެވަން އިން ހަދާފައި ހުންނާނީ އެހެން ތަންތަނާއި ޚިލާފަށް، ހަމައެކަނި ތަތްކޮށްފައި ތުނި ބޭރު ގަނޑެއް ލުމުގެ ބަދަލުގައި، ރޮދިން ފެހުމަށް ފަހު ތަތްކޮށްފަ. މީގެ ސަބަބުން ފޮތްތައް ހަލާކުނުވެ ބޮޑަށް ހުޅުވުމުގެ ފުރުސަތު ލިބި، ފޮތްތައް ގެންގުޅެން ކުދިންނަށް ފަސޭހަ ވެގެންދާނެ.

– ފޮތްތަކުގެ އެތެރޭގައި ދަމާފައިވާ ރޮނގުތަކަކީ ޔޫރަޕުގައި ވެސް ހުންނަ ގޮތަށް، ފަނޑު އަޅި ކުލައެއްގައި ޕްރިންޓު ކުރެވިފައިވާ، ބަލާލަން ފަސޭހަ ރޮނގުތަކެއް. ފޮތުގެ ގަނޑުތަކަކީ ވެސް ތިމާވެއްޓާއި ގުޅޭ، އެފް.އެސް.ސީ ސެޓްފިކެޓް ލިބިފައިވާ ކަރުދާހުން ހަދާފައިވާ ގަނޑުތަކެއް. އަދި ހުރިހާ ތަކެއްޗެއް ވެސް ހަދާފައި ވަނީ މި ސެޓްފިކެޓް ލިބިފައިވާ ތަކެތި ބޭނުން ކޮށްގެން. އެހެން ކަމުން އެމް ސެވަންގެ ފޮތްތަކާއި ތަކެތި ބޭނުން ކުރުމުން ހަމުގެ މައްސަލަތަކާއި އެހެނިހެން ސިއްހީ މައްސަލަތައް ވެސް ދިމާވާ މިންވަރު މަދުވާކަން ފާހަގަ ކުރެވޭ ކަމަށް އެކި ފަރާތްތަކުން ވިދާޅުވޭ.

މި ޕްރޮމޯޝަންގައި، ބޭނުންވާ ފަރާތްތަކަށް ފްލެކްސިބަލްކޮށް ޚިދުމަތް ދެވިގެން ދާނެއެވެ. އަދި މާލެ ތެރޭގައި ތަކެތި ހިލޭ ޑެލިވަރީ ކޮށްދެވޭނެއެވެ. އެމް ސެވަންގެ ވައިބަރ ނަންބަރަކީ 9993610.

އެމް ސެވަންގެ ލޮކޭޝަން ތަކަކީ:

އެމް ސެވަން ބުކްސްޓޯ 1، އަމީނީ މަގު.

އެމް ސެވަން ބުކްސްޓޯ، ހުޅުމާލެ ފޭސް 1 (ވަވެތި ކައިރީގައި).

އެމް ސެވަން، ހިޔާ ޓަވަރު 2، ހުޅުމާލެ ފޭސް 2.

އެމް ސެވަންއިން ހޯލްސޭލްކޮށް ވެސް ތަކެތި ލިބޭނެއެވެ. އަދި އެމް ސެވަން އަކީ މަޝްހޫރު އޭފޯ ކަރުދާސް ބްރޭންޑް، ޑަބަލް-އޭގެ އޭޖެންޓެއް ވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top