މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުނު މީހަކު ދަރަވަންދޫން އަތުލައިގެންފި

viber-image4.jpg

ފޮޓޯ ؛ ޕޮލިސް ލައިފް

ބ.ދަރަވަންދޫއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފިކަމަށް ފުލުހުން ބުނެފިއެވެ.

މިމީހާ އަތުލައިގެންފައިވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ބ.ދަރަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

ބ. ދަރަވަންދޫން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.

މި ސެޕްޓެމްބަރ 13ވަނަ ދުވަހުގެރޭ 22:25 ހާއިރު ހިންގި އޮޕަރޭޝަންގައި، ދަރަވަންދޫ ބަނދަރު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 16 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި މައްސަލަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top