ޕީޕީއެމްގެ ބޮޑު ޖަލްސާ މާފަންނު ވެލި ދަނޑުގައި

41695110_1228666123940187_7893431238940164096_n.jpg

ޕީޕީއެމްގެ ޖަލްސާ އެއް

ޕީޕީއެމްގެ އަސްލު ސައިޒް ދެއްކުމަށް މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ  މާފަންނު ވެލި ދަނޑުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕޕީއެމް އިން މިގޮތަށް ނިންމައިފިކަން އިއުލާނު ކުރެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހްމަދު ނިހާނު ހުސެން މަނިކު އަށް  “އަވަސް “އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާލެއާ އަތޮޅު ތެރެއިން މީހުން ގެނެސް ގެން ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލުމަށް ބާއްވާ މި ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް އަތޮޅުތެރޭގެ ރަށްރަށުން އަންނަ މީހުން ގިނަ ކަމުން އެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވެން ނެތް ކަމަށް ޕީޕީއެމް އިންބުނެއެވެ.

ޕީޕީއެމްގެ ޖަލްސާ މާދަމާ ރޭ އޮންނަ އިރު މިއަދު ހެނދުނުން ފެށިގެން އެކި ރަށްރަށުން ގިނަ އަދަދަކަށް މީހުން މާލެއަށް އަންނަމުން އެބަދެ އެވެ. އެގޮތުން ގިނަ ފްލައިޓުތަކެއް ޗާޓާކޮށްގެން ސީދާ މާލެ އައިސްފައިވާ އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕީޕީއެމްގެ ސަޕޯޓަރުންނަށް މަރުހަބާ ކިޔުން ވެސް ކުރިޔަށް އެބަދެ އެވެ. އަދި ލޯންޗްތަކާއި ދޯނި ފަހަރުގައި ވެސް މީހުން އަންނަނީ މާލެ ޖަމާވަމުން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top