އޮޅުވާލައިގެން ރީލޯޑާ ރާސްޓަސްކުރުން މަދެއްނުވޭ

woman-with-headscarf-and-mobile-phone-maldives-ACA8GG.jpg

ACA8GG Woman with headscarf and mobile phone, Maldives

ނުދަންނަ ނަންބަރުތަކުން ގުޅައިގެން މަކަރުވެރިގޮތްގޮތުން ރީލޯޑައި ރާސްޓަސްކުރުން މަދުވަމުންނުދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު އެކަނިވެސް އެފަދަ 10 މައްސަލައެއް ހުށަހެޅި އެމައްސަލަތަކުގެ ޖުމަލަ އަދަދު 29000ރ. އަށް އަރާކަމުގައެވެ.

އޮޅުވާލައިގެން ރާސްޓަސްއާއި ރީލޯޑްކޮށްގެން ފައިސާހޯދުމަށް ބޭނުންކުރާ ފަހުގެ އެއް އުކުޅަކީ މަޝްހޫރު ކުންފުނިތަކުގެ ނަމުގައާއި އެފަދަ ކުންފުނިން ހިންގާ ޕްރޮމޯޝަންގެ ނަމުގައި ނުދަންނަ ނަންބަރުތަކުން ގުޅައިގެން ހީވެސް ނުކުރާހާމޮޅަށް “ގޭމް ޖައްސައިގެން” ސިކުނޑިއާކުޅެލަނީއެވެ.

ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އެފަދަ ކޯލްތަކަށް ސަމާލުވުމަށާއި ނުދަންނަ ނަންބަރުތަކުން ގުޅައިގެން ދައްކާ އެފަދަ ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސްކުރަމުން ދާއިރުވެސް އަދިވެސް ގިނަބަޔަކު އެމަޅީގައި ޖެހިގެން ފުލުހުންނަށް ރިޕޯޓް ކުރަމުން ދާކަން ފުލުހުން ފާހަގަ ކުރެއްވިއެވެ.

ފުލުހުން ބުނީ މި މަހުގެ ފުރަތަމަ ހަފްތާގައިވެސް އެކަހަލަ 25 މައްސަލަ ހުށަހެޅުނުކަމަށާއި އޭގެތެރޭގައި ބޮޑެތި އަދަދުތަކުން ރީލޯޑާއި ރާސްޓަސް ކޮށްފައިވާ މައްސަލަތައް ހިމެނޭކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top