ބަށި މުބާރާތްފެށުން އަންނަ އަންގާރަދުވަހު

އެމްޕީކަޕް 2015 ބަށި މުބާރާތް

އެމްޕީކަޕް 2015 ބަށި މުބާރާތް

އޭދަފުށީ ޒުވާނުންގެކްލަބްގެ ފަރާތުން އަޟްހާއީދުގެ މުނާސަބަތުގައި އޭދަފުށީގައި ބޭއްވުމަށް ނިންމާފައިވާ ބަށިމުބާރާތް އަންނަ އަންގާރަ ދުވަހު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާކަމަށް ޒުވާނުންގެ ކްލަބުން ބުނެފިއެވެ.

އެގޮތުން ފަސްޓީމް ބައިވެރިވާ މި މުބާރާތުގެ ގުރުއަތުލުން ރޭވަނީ ބާއްވާފައެވެ. ގުރުއަތުން ނެގުނު ގޮތުގައި މުބާރާތުގެ ފުރަތަމަ މެޗުގައި އަންގާރަދުވަހު ބައްދަލު ކުރާނި ގަލްފްގާލްސް އާއި ބ. އޭއީސީ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ފަސް ޓީމަކީ ގަލްފްގާލްސްއާއި އިރުމަތީއަވަށު އަންހެނުންގެ ކޮމިޓީއާއި ބ.އޭއީސީއާއި އެމްއޭ ޔުނައިޓެޑްގެ އިތުރުން ފްރެންޑްސް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ. އަދި ރަނަރއަޕް ޓީމަށް 5000ރ. ގެ އިތުރުން ބަށިރާނީ އަށްވެސް އިނާމު ކަނޑައެޅިފައިވާ މި މުބާރާތް އޮންނަދުވަހު ނަގާ ލަކީޑްރޯއެއްގައި ބައިވެރިވެގެން އަގުބޮޑު އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް ޒުވާނުންގެ ކްލަބުން ބުނެއެވެ.

މި މުބާރާތުގެ ދެން އޮތް އެންމެ އުފާވެރި ޚަބަރަކީ މުބާރާތުގެ އެންމެ މޮޅު ކޯޗެއް ހޮވާގޮތަށް ހަމަޖެހިފައިވުމެވެ. މިއީ އަލަށް ތައާރަފްކުރެވޭ ކަމަކަށްވާތީ ހުރިހާގޮތަކުން ބަލާއިރުވެސް މި މުބާރާތްވާނީ ފޯރިގަދަ އަދި ވާދަވެރި މުބާރާތެއްކަމުގައި ބެލެވެއެވެ.

ޒުވާނުންގެ ކްލަބްގެ ފަރާތުން” ޔާމީން 2018″ ގެ ނަމުގައި މި އީދުގައި ފުޓްބޯޅަ މުބާރާތެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top