ކޮވިޑް-19: ދިރާގުން 30 އިންސައްތަ ޑޭޓާ ހިލޭ !

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ކޮވިޑް 19 އާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ ޑޭޓާ ހިލޭ ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ، މިއީ ކޮވިޑް 19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް، ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމާފައިވަނީ މި މަހާއި އޭޕްރީލް މަހެވެ.

މީގެ އިތުރުން އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާ އެކަމުގެ ތަފުސީލުތައް ހާމަ ކުރާނެ ކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.

ކޮވިޑް 19 އާ ގުޅިގެން ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ސްކޫލްތައް ބަންދު ކޮށްފައިވާ އިރު، ޓީވީ އާއި ވައިބާ ބޭނުންކޮށްގެން ސްކޫލު ކުދިންނަށް ކިޔަވައި ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top