މިރެއަކީ އެ ތާރީޚީ ރޭ

img-9192-1536x1024-1.jpeg

ގޯލްޑް ކަޕުގައި އޭދަފުށިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ-- ވަގުތު އިމޭޖަސް: އަބްދުالله އަބީދު

އޭދަފުއްޓާއި އައްޑުއަކީ ފުޓްބޯޅައިގެ ދެރަށެވެ. ރީތި ތާރީޚެއް އޮތް ދެރަށެވެ. ރާއްޖޭގެ ނިސްބަތުން ފުޓުބޯޅައިގެ ގިންކާމިޔާބުތަކެއް މާލެއާއި ވާދަކޮށްގން ހޯދާފައިވާ ދެ ރަށްވެސް މެއެވެ. މިރޭ އޮންނަ 90 ޕްލަސް ގޯލްޑަން ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗުން ކޮންމެ ބަޔަކު މޮޅުވި ނަމަވެސް ތާރީޚުގެ އާ ސަފްހާއެއްގައި އެވާހަކަ ލިޔެވިގެން ދާނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން 17 ޓީމް ބައިވެރިވެގެން ކުރިއަށް ދިޔަ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ރަށުގެ މޮޅު ވާހަކަތަކެވެ. ތައުރީފާއި ލޯބިވެތި މެސެޖްތަކުންނެވެ.

ފައިނަލް މެޗުގެ ޓިކެޓް އިއްޔެ ހަވީރު ގަލޮޅު ދަނޑުން ވިއްކަން ފެށުމާ އެކު އެންމެ ގަޑިއިރެއްގެ ތެރޭގައި ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފަ އެވެ.

މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗަކީ މި ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑަށް އެންމެ ގިނަ ސަޕޯޓަރުން ވަންނާނެ މެޗު ކަމަށް ލަފާކުރެވެ އެވެ.

މި މުބާރާތުގެ ފައިނަލާ ހަމައަށް އައްޑޫ ސިޓީ ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސެމީ ފައިނަލްގައި 2-0 އިން ރ. އަލިފުށި ބަލިކޮށްގެންނެވެ. އޭދަފުށި ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި މާލެ ސިޓީގެ މައްޗަށް 3-2 އިން ކުރިހޯދައިގެންނެވެ.

އޭދަފުއްޓާއި އައްޑޫ ވާދަކުރާ މި މެޗު ކޮންމެ ބަޔަކު ކާމިޔާބު ކުރި ނަމަވެސް މިރޭ ވެގެން ދާނީ އެރެއަށެވެ. މޮޅުވި ރަށުގެ ފުޓުބޯޅަ ޓީމްގެ ކުޅުންތެރިން ހޯދަން މުއްސަނދި ކްލަބްތަކުން ބޮޑެތި ހުށަހެޅުން ހުށަހަޅާން ފަށާނެ ރެއަށެވެ. ބަލަން ތިބެމާ ހިނގާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top