ގޯލްޑް ކަޕް: ދެބެއިންގެ ދެ ގޯލާއެކު އޭދަފުށި ގޯލްޑް ކަޕްގެ ރަސްކަމަށް

img-9906-876x584-2.jpeg

ރާއްޖެތެރޭގެ ފުޓްބޯޅައިގެ ގަދަ ދެބާރުގެ ގޮތުގައި ބެލެވޭ އޭދަފުއްޓާއި އައްޑޫ ރޭ ގަލޮޅު ދަނޑުގައި ކުޅެވުނު ނައިންޓީ ޕްލަސް ފުޓްބޯޅައިގެ ފައިނަލް މެޗުގައި އޭދަފުށީ ޓީމުގެ ދެބައިން ކަމުގައިވާ އަލީ ފާސިރުއާއި މުހައްމަދު ފާސިރުގެ ލެ ލަނޑާއެކު އައްޑުއަށް އެންމެ ލަނޑެއް ޖަހާނެ ފުރުސަތުވެސް ނުދީ 2-0 އިން އައްޑޫ ބަލިކޮށް އޭދަފުށި މުބާރާތުގެ ޗެމްޕިއަން ކަން ހޯދައިފި އެވެ.

ބަލާހިތްވާ ކަހަލަ ރީތި މޮޅު ކުޅުމެއް ދެޓީމުންވެސް ދައްކަމުން ގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު އޭދަފުށި ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އޭދަފުށި ޓީމުގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ކޯނަރެއް، އައްޑޫ ސިޓީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ މުހައްމަދު ފާސިރު ބޮލުން ޖެހި ގޯލާއެކުއެވެ.

އޭދަފުށީގެ ދެވަނަ ގޯލު ޖެހީ، 90 ވަނަ މިނިޓުގައި މުހައްމަދު ފާސިރުގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ)އެވެ.

ގަލޮޅު ދަނޑުން ދެޓީމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށި މޮޅަށް ކުޅެ ލީޑުގައި އޮތް ނަމަވެސް ދެވަނަ ހާފުގައި އޭދަފުށި ކުޅެމުން ގެންދިޔައީ ދިފާއީ ކުޅުމެކެވެ. ނަމަވެސް އެ ޓީމުން ވަނީ ކައުންޓާ އެޓޭކު ތަކުގައި އައްޑޫގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް އޭދަފުށިން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. އައްޑޫން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭދަފުށީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން މުހައްމަދު ފާސިރުއެވެ.

ފައިވެއެވެ.

17 ޓީމު ބައިވެރިވި މިމުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިރޭ ލަނޑު ޖަހައިދިން މުހައްމަދު ފާސިރެވެ.

މި މުބާރާތުގެ ފައިނަލް މެޗު ބައްލަވައިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ވަޑައިގެންނެވިއެވެ.

“90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށުނު މި މުބާރާތުގައި 17 ޓީމަކުން ވާދަކުރިއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top