ބީއެމްއެލްގެ ހިއްސާއަކަަށް 48 ރުފިޔާ ބަހަން ފާސްކޮށްފި

https___www.bankofmaldives.com_.mv_storage_article_553_5094_1653841698.16538416984466.jpeg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮންމެ ހިއްސާއަކަށް 48 ރުފިޔާ ހިއްސާދާރުންނަށް ބަހަން  ފާސްކޮށްފި އެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 48 ރުފިޔާ ބެހުމަށް ނިންމާފައިވަނީ ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ބޭންކްގެ މިދިޔަ އަހަރުގެ އަހަރީ އާއްމުޖަލްސާގައި ހިއްސާދާރުންގެ 100 އިންސައްތަ ވޯޓުންނެވެ.

ބޭންކު އޮފް މޯޑިވްސްއިން މިހާތަނަށް ހޯދި އެންމެ ބޮޑު ފައިދާ 2021ވަނަ އަހަރު ހޯދާފައިވާއިރު، މިފަހަރު ބޭންކުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާއަކީ ރެކޯޑު އަދަދެއް ކަމުގައިވެސް ބޭންކުން ހާމަކުރެ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސިއީއޯ ޓިމް ވިދާޅުވީ، މިއަހަރު ކުރީކޮޅު އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 13 ރުރިޔާ ބެހުމަށް ބޭންކުން ނިންމާފައި ވުމާއެކު، ރޭ ކޮންމެ ހިއްސާއަކަށް ބެހުމަށް ބެހުމަށް ނިންމާފައިވާ 48 ރުފިޔާގެ ތެރޭގައި ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑްވެސް ހިމަނައިގެން ކަމުގައެވެ.

ސީއީއޯ ވިދާޅުވީ، ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުބާރު ކުރައްވާކަމަށެވެ. އެއާއެކު އެންމެހައި މުވައްޒަފުންނާއި ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަސްޓަމަރުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ބޭންކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި ހިއްސާދާރުންނަށް އެންމެ ބޮޑު ފައިދާއެއް މިއަހަރު ދެވުމަކީ ބޭންކަށް މިހާތަނަށް ހާސިލްކުރެވިފައި އެންމެ ބޮޑު ކާމިޔާބީ ކަމަށް އޭނާާ ފާހަގަ ކުރެއްވިއެވެ.

ބީއެމްއެލުން ބުނީ، ހިއްސާގެ ފައިދާ ބަހާނީ މިދިޔަ މަހުގެ 20ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކުރި މީހުންގެ މެދުގައި ކަމަށެވެ.

2020 ވަނަ އަހަރު ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top