އޭދަފުށީގައި އަަލަށް ހަދާ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

b_mKVUSN40TzdX4C2zLKzuscIMY.jpg

12 ސެޕްޓެމްބަރު 2023: ބ. އޭދަފުށީ ބަނދަރު ތަރައްގީގެ މަސައްކަތް --- ފޮޓޯ/ އެމްޓީސީސީ

ބ. އޭދަފުށީގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާއެވެ.

އޭދަފުށީގައި އާ ބަނދަރެެއް ހެދުމުގެ މަސައްކަތް ސަރުކާރުން އެކުންފުންޏާއި ހަވާލުކުރީ، އެ ރަށުގެ ބަނދަރުން ޖާގަ ލިބުމުގައި މިހާރު ދަތިތައް ހުރުމާއެކު ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.

އެކުންފުނިން މިއަދު ބުނީ، އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ސައިޓް މޯބަލައިޒް ކުރެވުނު ނަމަވެސް، އަމަލީ މަސައްކަތް ފަށާނީ އީއައިއޭ ހަދައި ނިމުމުން: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 28،304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން 3354 ކިއުބިކް މީޓަރު ސަރަހައްދެއްގައި ނެރު ފުން ކުރުމުގެ އިތުރުން، 402 މީޓަރުގައި އެއްގަމު ތޮށި ލުމާއި، 170 މީޓަރުގެ ބޭރު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 11 މީޓަރު ދިގު އަދި 11 މީޓަރު ފުޅާ ރޭމްޕަކާއި، 18 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ރޭމްޕަކާއި އެކު ބްރިޖެއް ހެދުމަށް ވަނީ ނިންމާފައެވެ. މަޝްރޫޢު ނިމިގެން ދާއިރު 1814 އަކަ މީޓަރު ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގް ބޯއިސް ހަރުކުރުމަށް މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ބަނދަރުގެ 383 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބުރިޖެއް ހެދުމާއި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 64.67 މިލިއަން ރުފިޔާ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top