ރާއްޖޭގައި ފަގީރުން ނެތް 42 ރަށް

331311_3_f0bf57745f486b4f8f054d5b7b01b4dd87b46f34_large.jpg

އިސްލާމިކް މިނިސްޓްރީން ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނު އިރު، 42 ރަށެއްގައި މި އަހަރު އެއްވެސް ފަގީރަކުނެތް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ،42 ރަށެއްގައި އެއްވެސް ފަގީރަކު ނެތްއިރު ފަގީރުންގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވަނީ 9،041 މީހަކު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 7،245 މީހުންނަކީ ރާއްޖެތެރެއިން ރަޖިސްޓަރީކުރި މީހުން ކަމަށެވެ. އަދި 1،796 މީހުންނަކީ މާލެ ސަރަހައްދުން ރަޖިސްޓަރީ ކުރި މީހުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އަހަރު ރާއްޖޭގައި 42 ރަށަކުން އެއްވެސް މީހަކު ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ފަގީރެއްގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓަރީ ނުކުރާ 45 ރަށެއް އޮތެވެ.

ޒަކާތުގެ ފައިސާ އޮންލައިންކޮށް ދައްކަވާ ފަރާތްތަކުން މެނޫއިން ވަކި ރަށްރަށް ސެލެކްޓް ކޮށްގެން ފައިސާ ދައްކަވާނަމަ އެފައިސާ އެރަށެއްގެ ފަގީރުންނަށް އިސްލާމިކް މިނިސްޓްރީން ރައްދު ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވަކި ރަށްރަށަށް އޮންލައިންކޮށް ފައިސާ ދެއްކޭނެގޮތް ހަމަޖެހިފައިވަނީ ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމްފައިސާ، ދިރާގުޕޭ، ފަހިޕޭ މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް މިއަހަރު ޒަކާތް ބަލައިގަންނަމުންދާނީ އެއް ރޭޓް ތަކެއްގައި ކަމަށެވެ. އެގޮތުން އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ އަދި ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ 77 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top