ދެހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހުނީ 2342މީހުންނަށް

293880_3_5e207ae38b72f8b599c5b847b9aba0ad368fa4cb_large.jpg

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ދެހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 2342 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު އެޗްޕީއޭ އިން ވޭތުވެދިޔަ ދެ ހަފްތާގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް އާއްމުކުރިއިރު 13 ދުވަހުގެ ތެރޭގައި މާލެ އިން ކޮވިޑަށް ފައްސިވެފައި ވަނީ 184 މީހެކެވެ. އަދި އަތޮޅު ތެރެއިން 1938 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މި މުއްދަތުގައި ކޮވިޑް ބަލި ޖެހިގެން މަރުވެފައިވަނީ އެންމެ މީހެކެވެ. އެއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 298 އަށް އަރައިފައެވެ. އަދި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު 215 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޕޮޒިޓިވިޓީ ރޭޓު ހުރީ 11 އިންސައްތައިގައެވެ.

 

 

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top