ބ.އަތޮޅު ހޮސްޕިޓަލުގެ 54ވަނަ އަހަރީދުވަސް އޭދަފުށީގައި ފާހަގަ ކޮށްފި އެވެ.
ރޭ އަތޮޅު ހޮސްޕިޓަލުގައި މިކަމަށް ހާއްސަކޮށް ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ބ.އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހެވެ.
މި ރަސްމިއްޔާތުގައި އެހޮސްޕިޓަލަށް އެ ހޮސްޕިޓަލަށް 20 އަހަރާއި 40 އަހަރުގެ އިތުރުން ބ.އަތޮޅަށް ސިއްހީ ޚިދުމަތް ދިނުމުގައި ގިނަ އަހަރު ތަކެއް ހޭދަކުރައްވައި ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔާ ކޮށްފައިވާ މުވައްޒަފުންނަށް ވެސް އެވޯޑް ދީފައިވެއެވެ. ހޮސްޕިޓަލަށް ޚިދުމަތް ކުރައްވައި ޝަރަފްވެރިކަމާއެކު ހިދުމަތުން ރިޓާޔާ ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ކެންދޫ އަބްދުލްޖަލީލު އިބްރާހީމް، ކުޑަރިކިލު ހަސަން މުހައްމަދު މަނިކު، އޭދަފުށީ ގަނދަކޯޅިމާގޭ އަބްދުއްރަޝީދު ގެ އިތުރުން ފެހެންދޫ މަރިޔަމް އަލީ އެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އާއި ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝީދު އެވެ.
ހަފްލާގައި ވާހަކަ ދައްކަވަމުން ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރު ހާއްސަކޮށް ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މުވައްޒަފުން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައި ކަމަށާ އެކަން ފާހަގަކޮށް އެ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.