ސަލްމާންޚާންގެ މުޅި އާއިލާ އަމިއްލަފުށީގައި

salman-family-twitter-image.jpg

ސަލްމާން ގެ އާއިލާގެ ބައެއް މެންބަރުން

މަޝްހޫރު އެކްޓަރ އަދި ދިވެހިންގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ސަލްމާން ޚާންގެ އާއިލާގެ ގިނަ ބަތަކު އަމިއްލަފުށްޓަށް އަތުވެއްޖެއެވެ. ބޮލީވުޑް  ގެ ލޯތަކަށް މި ޚަބަރު ތިލަވެފައި އަދި ނުވިނަމަވެސް ރާއްޖޭގެ މީޑިއާތަކުން މި ޚަބަރު ވަނީ ގެނެސްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި  އެއާއިލާ ރާއްޖެއަށް އައިސްފައިވަނީ ސަލަމާންޚާންގެ ކޮއްކޮ އަރްޕިތާގެ ދަރިފުޅު އާހިލްގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ޖުމްލަ ސާޅީހަކަށް ހިމެނޭ މީހުންގެ މި ގާފިލާގައި އަރްބާޒްޚާން އާއި އޭނާގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު ނެށުންތެރިޔާ މަލާއިކާ އަރޯރާ އާއި ސަލްމާންޚާންގެ ލޯބިވެރިޔާ ކަމަށް ބުނާ ލޫލިޔާ އާއި ކުރީގެ އެކްޓްރެސް އަދި ސަލްމާންޚާންގެ ދޮންމަންމަ ހެލަންގެ އިތުރުން އަމްރީތާ އަރޯރާއާއި އާއިލާގެ ރައްޓެހިންވެސް ހިމެނެއެވެ.

އިއްޔެ ރާއްޖެއައި ސަލްމާންޚާންގެ އާއިލާގެ މެންބަރުން ރާއްޖޭގައި ފޮޓޯއަކަށް ހުއްޓިގެން – ފޮޓޯ:ސަން

ޚަބަތުރައް ބުނާގޮތުގައި މި ދަތުރުގެއެންމެ މުހިންމު ބައިވެރިޔާ ކަމަށްވާ ސަލްމާންޚާން އެމީހުންނާ ގުޅެން ރާއްޖެ އަންނާނީ މިއަދުގެ ވަގުތެއްގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top