ވިލާކޮލެޖުން އާކޯސްތަކެއް އޭދަފުށީގައި ފަށަނީ

3_39d92.jpg

ވިލާކޮލެޖުން އަނެއްކާވެސް އޭދަފުށީގައި އާކޯސްތަކެއް ފެށުމަށް އިއުލާނު ކޮށްފިއެވެ.

އެ ކޮލެޖެގެ ފަރާތުން އަންން މޭމަހު އަލަށް ފެށުމަށް އިއުލާނުކޮށްފައިވާ ކޯސްތަކަކީ އާޓްސް އިން އެޑިޔުކޭޝަންގެ މާސްޓާސް ކޯހާއި ބެޗެލާ އޮފް އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އަދި ބެޗެލާ އޮފް ޓީޗިން އިސްލާމް ކޯހެވެ.

އެއްއަހަރު ދުވަހުގެ ނިޔަލަށް ބްކޮލް މޯޑްގައި ހިންގާ އެޑިޔުކޭޝަން މާސްޓާސް ކޯހަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ކޯހެކެވެ.

ކޯސްތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އޭދަފުށީގައި އަލަށް ފަށާ މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރިލް މަހުގެ 20ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކޯސްތަކާގުޅޭ އިތުރު މައުލޫމާތާާއި އެޕްލިކޭޝަން ފޯމް ހޯދުމަށް 7762922 އާ ގުޅުމަށް ވިލާ ކޮލެޖުން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top