ތުއްތު ދަރިފުޅާއެކު ލޯބިން ބައްދާލާށެވެ!

B33_ZSM290.jpg

މީރާ ރާޖްޕުތު ގެއިން ބޭރުގައި ހޭދަކުރާ ވަގުތު މިހާރު ވަރަށް ބޮޑަށް މަދު ކޮށްފައިވަނީ ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރުމަށެވެ.  އަލަތު ދަރިފުޅު ލިބުމުގެ ކުރިން ކަރީނާކަޕޫރު ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރިނަމަވެސް މިހާރު ގިނަ ވަގުތު ހޭދަކުރަނީ ދަރިފުޅާއެކު ގޭގައެވެ.

ކިތަންމެ ގިނަ ވައްތަރެއްގެ މައިން އަހަރެމެންގެ ތެރޭގައި އުޅުނު ނަމަވެސް އެއްވެސް މަންމައަކު ތުއްތުދަރިފުޅުގެ ގައިގާ ބައްދާލުމުގެ އާދަ ހަނދާންތާލައިގެން ނުވާނެކަމަށް  ކަމުގެ މާހިރުން ލަފާ ދެއްވައެވެ.

މިކަމުގެ މާހިރުން ވިދާޅުވާގޮތުގައި ބޭބީ ދަރިފުޅާ ހަގް ކޮށްލުން ނުވަތަ ބައްދާލުމަކީ އެކުދިންނަށް ސިއްހީ ގޮތުން އަދި ދުޅަހެޔޮކަމާއެކު ބޮޑުވުމަށް ގިނަ ފައިދާ ތަކެއް ލިބޭ ކަމެކެވެ.
އެއްކަމަކީ އަރާމާއެކު ރަނގަޅަށް ނިދުމެވެ. މަންމަގެ އުރުގައި ނުވަތަ ކޮނޑުމަތީގައި ބާއްވާލައިގެން އުޅޭނަމަ ހީވެސް ނުކުރާ ވަރުގެ ހިތްހަމަޖެހުމާކާއި އަރާމު އެކުދިންނަށް ލިބުމުގެ ސަބަބުން އިތުރު މަސައްކަތަކާ ނުލައި އިސާހިތަކު ނިދާނެއެވެ. 
ދެވަނަ ފައިދާ އަކީ ބޭބީގެ ސްޓްރެސް ދަށްވުމެވެ. މައިމީހާގެ ލޯބިވެތި މި އަދާއިން ބޭބީގެ ކޯޓިސޯލް ސްޓްރެސް  ހޯމޯން ލެވެލް ދަށްވެ މައި މީހާއާއި ދަރިފުޅުގެ ގާތްކަމާއި ލޯބިވެތިކަން ދުވަހުން ދުވަހުން ބަދަހިވެގެން ދެއެވެ. މީގެ އިތުރުން ބޭބީގެ ދިފާއީ ބާރު ވަރުގަދަ ވެގެން ދާނެކަމަށް ވެއެވެ. ބޭބީއާ އާއްމުކޮށްވެސް ބައްދާލުމުން އެކުދިންގެ ހިތުގެ ތެޅުމާއި ހިނގުން އެއްވަރެއްގައި ހިފަހައްޓައި ދިނުމުގެ ސަބަބުން އެކުދިންގެ ދިފާއީ ބާރު ވަރުގަދަ ކޮށްދިނުމާއެކު ބަލިތަކުން ދިފާއުވުމަށްވެސް މިއީ ރަނގަޅު ފަރުވާއެކެވެ.

މިކަމުގެ މާހިރުން ވިދާޅުވާގޮތުގައިއަލަށް ވިހާ ކުދިންގެ ތެރެއިން 90 އިންސައްތަ ކުދިން އެކުދިންގެ މައިން ދެނެދަންނަނީ މައިންގެ އުރާލުމުންނެވެ. މަންމަގެ ވަހުންނާއި މަންމަގެ އަޑުން ވެސް އެކުދިން އެކުދިންގެ މައި މީހާ ދެނެގަނެވެއެވެ.އެހެންވީމާ ތުއްތު ދަރިފުޅު ހެދި ބޮޑުވުމަށް ބޭނުންވާ ކާނާއެކޭ އެއްފަދައިން އެކުދިންގެ ހެދި ބޮޑުވުމަށް ގާތް ކަމާ އޯތާތެރިކަމާއެކު އުރާލައި ބައްދާލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

މަސްދަރު : ހެލްތް ޓިޕްސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top