އާމިރުޚާންވެސް ރާއްޖެއަށް، ހުރީ ސޮނެވާގައި

17553810_1450766491665118_5490149563342709095_n.jpg

އާމިރު ހާން މިދިޔަ މަހު ސޮނެވާ ކިރި ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް. އާމިރުޚާން ވަނީ މިދިޔަމަހު ރާއްޖޭގެ ރިސޯޓެއްކަމަށްވާ ސޮނެވާ ޖާނީއަށް އައިސްފައި / ފޮޓޯ: ސޮނެވާ ފޭސްބުކްޕޭޖް

ހިންދީ ފިލްމު އިންޑަސްޓްރީގެ “މިސްޓަރ ޕާފެކްޝަނިސްޓް” ނަމުން މަޝްހޫރުވެފައިވާ ސުޕަސްޓާރ އާމިރުޚާން ވެސް ރާއްޖެ އަތުވެއްޖެއެވެ.

ސޮނެވާ ފޭސްބުކް ޕޭޖްގައި ޝާއިއު ކޮށްފައިވާ އާމިރުޚާންއާއި، އޭނާގެ އަންހެނުން ކިރަން ރާއޯ ހިމެނޭ ފޮޓޯއާއެކު ސޮނެވާ ގްރޫޕުންވަނީ އާމިރުޚާން އެރިސޯޓަށް ޒިޔާރަތްކުރުމަކީ ލިބުނު އުފަލެއްކަމަށާ، އެކަމަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. މިފޮޓޯ ޝާއިއު ކޮށްފައިވަނީ އާމިރުޚާން ރާއްޖެއިން ފުރަން ގޮސްހުއްޓާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އާމިރުޚާން ހުރީ ސޮނެވާފުށީ ރިސޯޓްކަމެއް ނުވަތަ ސޮނެވާ ޖާނީކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އާމިރުގެ މިދަތުރުގެ ކަންތައް އެނގޭ ސޮނެވާފުށިގެ މުވައްޒަފަކު ބުނީ މާރޗްމަހު އާމިރުހާން ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރީ، ސޮނެވާ ޖާނީގައިކަމަށާ، އެއަށްފަހު ތައިލެންޑްގައި އޮންނަ ސޮނެވާކިރި ރިސޯޓްގައިވެސް އާމިރު ޗުއްޓީ ހޭދަކުރިކަމަށެވެ.

އާމިރުޚާން އާއި އޭނާގެ އަންހެނުން ރާއްޖެއައިކަމަށް މައުލޫމާތު ލިބުނުއިރު ހިންދީ ފިލްމް އިންޑަސްޓްރީގެ ސްޕަސްޓާރ ސަލްމާންޚާންވެސް ވަނީ އޭނާގެ އާއިލާއާއެކު މިދިޔަ ހަފްތާތެރޭގައި ރާއްޖެއައިސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top