އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި

DSCN0903.jpg

އޭދަފުށީ ،އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރެވުނު މެންބަރުން --އިވީ ފޮޓޯ :ސާހިރު

ގިނަ އަހަރުތަކަކަށްފަހު އޭދަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މިއަދު އިފްތިތާހު ކޮށްފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު 1 ޖެހިއިރު އޭދަފުށީގެ މަލްޓިޕާޕާސް ހޯލުގައެވެ.

އޭދަފުށީ ކައުންސިލާއި ބ.އަތޮޅު ކައުންސިލުގެ އިތުރުން އޭދަފުށީގައި ހުންނަ ސަރުކާރުގެ އެކި މުވައްސަސާތަކުން މަދު ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި އޭދަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް ހޮވިފައިވަނީ އޭދަފުށީ ރަންގަލި، ޒަހިއްޔާ އިބްރާހީމެވެ.

ޒަހިއްޔާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓިގައާއި ބޭންކް އޮފް މޯލްޑިވްސްގެ އޭދަފުށީ ބްރާންޗުގައި ގިނަ އަހަރުތަކެއް ވަންދެން މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވާ ކަނބަލެކެވެ. ދާދިފަހުން އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންކަމަށް ވެއެވެ.

ކޮމިޓީގެ ރައީސް ޒަހިއްޔާ އިބްރާހީމް :މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ތަޖުރިބާ ހުރި ގާބިލް ކަނބަލެއް –އިވީ ފޮޓޯ :ސާހިރު

ހަތް މެންބަރުން ހިމެނޭ މި ކޮމިޓީގައި، ނަން ހުށަހަޅާފައިވާ ފަރާތްތަކުން ވޯޓު ލައިގެން ޒަހިއްޔާގެ އިތުރުން ހޮވިފައިވަނީ އޭދަފުށި މެޓްރޯވިލާ ނިއުމާ އަހުމަދާއި ހިޖުރީގޭ ވަސީލާ ޔޫސުފާއި މޫސުން ރަބީއު، ފާތުމަތު އަބްދުއްރަހުމާނާއި ހުސްނުހީނާގޭ މިންނާ އަލީގެ އިތުރުން އޯކްލޭންޑް، އަޒުމަތެވެ. ކޮމިޓީގައި ބައިވެރިވުމަސް އެދި ނަންހުށަހަޅާފައިވާ އެކަކު މިއަދުގެ ރަސްމިއްޔާތަށް ހާޒިރުވެފައިނުވާތީ ހަތްވަނަ މެންބަރުގެ މަގާމު އަދި އޮތީ ހުހަށެވެ.

ރަށްރަށުގައި އުފައްދާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ރަނގަޅު ނަތީޖާ ނެރެދީފައިވާތީ އެ ކޮމިޓިތައްވެފައި އޮންނަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަށުގެ ކުރިއެރުމަށާއި ތަރައްގީގެ ބައިވެރިއަކަށް ވެފައެވެ.

އެލްޖީއޭގެ ސިޔާސަތާ އެއްގޮތަށް އަމަލު ކުރެވެމުން ދާނަމަ ދެން ރަށްރަށުގައި އުފައްދާފައިވާ އަންހެނުންގެ ކޮމިޓީގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރަށު ކައުންސިލުގެ މެންބަރަކަށްވެސް ވެގެން ދާނެއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގޮވާލެވުނު ނަމަވެސް ރައްޔިތުންގެ ތަރުހީބު ލިބިފައިނުވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top