ބަންގާޅުން މަސައްކަތު މީހުން ގެނައުން އެއް އަހަރަށް މަނާ ކޮށްފި

DSCN9150-800x490-800x490.jpg

އޭދަފުށީ މަގުހެދުމުގެ މަސައްކަތުގައި ބަންގާޅު ލޭބަރުން - ފޮޓޯ : އީވީ

ރާއްޖެއަށް ބަންގާޅުން މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަނާކޮށްފިއެވެ.

މިކަން އިއުލާނު ކުރެއްވީ އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި، މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީން ކަމަށެވެ. އެކަމަކު މިހާރު ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު ހަމަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެހެންވީމަ އަޅުގަނޑުމެންގެ ނިންމުމަކީ އެއް އަހަރު ދުވަސް ވަންދެން އިތުރަށް އަންސްކިލްޑް ދާއިރާތަކަށް ބަންގްލަދޭޝްއިން މީހުން އިތުރަށް ނުގެނެވޭނެ ގޮތަށް މަނާކުރުން،” ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ގޮތަށް އަމަލުކުރަން ފެށީ މިއަދުން ފެށިގެން ކަމަށް ވާތީ މިއަދާ ހަމައަށް ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ނަމަވެސް ހަމަސް ދުވަހުގެ ތެރޭގައި މިކަމުން އިގްތިސާދަށް އަންނަ ބަދަލުތައް ބަލައި އިގްތިސާދަށް ގޮންޖެހުން އަންނަ ނަމަ މި ނިންމުން އަލުން ރިވިއު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top