ކޮންމެ ރަށެއްގައި ގައުމީ ކުތުބުޚާނާގެ ގޮތްޕެއް ހަދަނީ

main_featured_lg_202208090219041660036744.7554.jpg

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމުކުރައްވާނެ ކަމަށް ރައީސް، ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި މިއަދު ވިދާޅުވީ، އިލްމާއި ފޮތްކިޔުމަށް އޮތް ލޯބި އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ދައުރުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

“އިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން،” ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top