ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ނަސޭހަތްދެނީ

big_PePAuZAtY1SHLkQmrFo1lUSzm.jpg

ޖޭއެސްސީގެ ބައެއް މެންބަރުން--ފޮޓޯ :އަވަސް.އެމްވީ

ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު، ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ނިންމައި އޭނާއަށް ނަސޭހަތްދީ، ތަމްރީނެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަހަރުގެ 29 ވަނަ ބައްދަލުވުމުގައި އިއްޔެ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް އެ ކޮމިޝަނުގެ އަށް މެންބަރުން ބައިވެރިވި ބައްދަލުވުމުގައެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ސަލާމް ބުނުމުގެ އުސޫލާ ހިލާފަށް ސަލާމް ބުނި ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެ ކޮމިޝަނުން މައްސަލަ ބެލިއިރު އޭނާ ފަނޑިޔާރުކަމުގެ މައްސޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނު އަސާސީގެ 151 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.

އެގޮތުން ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަނޑިޔާރުންގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެންމެ މަތީ މިންގަނޑުގެ އިހުލާސްތެރިކަމާއި އިހުސާންތެރިކަމާއި ވަފާތެރިކަމާއި އަހުލާގު ހުންނަންވާނެ ކަމަށް ބުނެފައިވާއިރު އެ މާއްދާއާ އަހުމަދު ލަތީފް ހިލާފުވެފައިވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.

ހަމަ އެގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާ ވެސް ލަތީފު ހިލާފުވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެ މާއްދާގައި ބުނެފައިވަނީ ކޯޓުގެ ތަރައްގީއަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މަޝްރޫއުތައް އެކަށައަޅައި ހިންގުމުގައި ކޯޓަށް ލަފާދީ އެހީތެރި ވެދިނުމަކީ އިސް މެޖިސްޓްރޭޓްގެ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ 65 ވަނަ މާއްދާގައި ބުނާގޮތަށް އަހުމަދު ލަތީފު މާލީ ބަޔާންވެސް ހުށަހަޅާފައި ނުވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.

މީގެ ކުރިން އަހުމަދު ލަތީފު ހުންނެވީ އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ. ނަމަވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކާ ގުޅިގެން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. ޖެހިގެން އައި 2017 ވަނަ އަހަރު އޭނާ ދަރަވަންދޫ ކޯޓަށް ބަދަލުކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top