ދިވެހި އާ ޓީވީ ޗެނަލެއް، ”ދާރިސް ޓީވީ“

309625851_140074695420176_1157494241110139706_n.jpg

ދިވެހި އާ ޓީވީ ޗެނަލް އެއް “ދާރިސް ޓީވީ” ގެ ނަމުގައި މިއަދު އިފުތިތާހު ކޮށްފިއެވެ.

މި ޗެނަލް އިފުތިތާހުކޮށް ދެއްވީ މަޝްހޫރު ދިވެހި އަދީބު، މަޑުލު މުހައްމަދު ވަހީދެވެ.

“ދާރިސް ޓީވީ” އަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދެވި ޗެނެލެކެވެ. އެ ޗެނެލްގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަނަކީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމެވެ.

އޭނާ ވިދާޅުވީ ޗެނެލްގެ މައިގަނޑު ތަސައްވުރަކީ ސައްތަ ތެދު ޚަބަރުރަކާ އެކީ ރާއްޖޭގެ އެންމެ މަގުބޫލު ޗެނަލަށް ވުން ކަމަށެވެ.

އެ ޗެނެލްގެ މަގުސަދުގެ ތެރޭގައި ހިމެނެނީ މައިގަނޑި ފަސް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ތެދު ޚަބަރު އާންމުކުރުމާއި ހުރިހާ އުމުރުފުރައަކާ ގުޅޭ ޕްރޮގްރާމް އުފައްދައި ގެނެސްދިނުމާއި، ތަފާތު ދާއިރާގެ އިލްމީ ޕްރޮގްރާމް އުފައްދާ ގެނެސްދިނުމުގެ އިތުރަށް މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.

“ދާރިސް ޓީވީ” ގެ ސްޓޭޝަން މެނޭޖަރަކީ ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒެވެ.

އެ ޗެނަލް މި ވަގުތު ފެންނާނީ ދިރާގު ޓީވީ މެދުވެރިކޮށް ކަމަށްވިޔަސް ވަރަށް އަވަހަށް މީޑިއާ ނެޓުންވެސް “ދާރިސް ޓީވީ” ބެލޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top