ތެލުގެ އަގު ބޮޑުވިޔަސް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނާނަން: ރައީސް ޔާމީން

WhatsApp-Image-2022-10-15-at-22.04.02-1-640x415.jpeg

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްވައިފިއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި ހއ.އިހަވަންދޫގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދުވަސްވަރަކީ ތެލުގެ ހަރަދު ބޮޑު ދުވަސްވަރެއް ކަމުގައެވެ. އަދި މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ބޮޑު އަގުގައި ތެޔޮ އަޅައިގެން މަހަށް ނިކުމެ، ބާނާ މަސްކޮޅަށް ހަމައަގު ނުލިބުން ކަމުގައެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ބަދަލުވަމުންދާ އަގުތައް ބޮޑުވެ ތެލުގެ އަގު ބޮޑުވިޔަސް ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމް ނިކުންނައިރު، އެމީހުން ތައްޔާރު ކުރާ މެނިފެސްޓޯގެ ދެވަނަ ޗެޕްޓަރު ޚާއްސަކޮށްފައިވަނީ މަސްވެރިންނަށެވެ.

އެ މެނިފެސްޓޯގައި ހުރި ބައެއް ކަމަކަށް ރޭ އިހަވަންދޫގައި އޮތް ޖަލްސާއެއްގައި ރައީސް ޔާމީން އަލިއަޅުވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމުގެ ސިނާއަތު އޭގެ ހައްގު މަގާމަށް ރުޖޫއަ ކުރުމަށް ގިނަ ވިސްނުން ތަކެއް ގެންގުޅުއްވާ ކަމަށެވެ. ޔަގީނުންވެސް މިހާރަށްވުރެ ފަހި ގޮތްތަކެއް މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ހޯއްދަވާދެއްވާނެކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުގައި، އިހަވަންދޫގެ މަސްވެރިކަން ފުޅާކުރުމަށް އެރަށުގައި ކުރައްވަން ގަސްދުކުރައްވާ މަޝްރޫއުތަކަށްވެސް އަލިއަޅުވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ، އެންމެ ފުރަތަމަ އައިސް ޕްލާންޓު އަޅައި އަދި ތެޔޮ ލިބޭނެ ގޮތް ހަދާކަމުގައިވާނަމަ، އެއް ރަށަކަށް އިހަވަންދޫ ވާނެ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ވާހަކައަކީ ހަމައެކަނި މަސްވެރިންގެ ވޯޓުގެ ބޭނުމުގައި ދައްކާ ވާހަކައެއް ނޫންކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ މަސްވެރިން މާޔޫސް ނުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި މަސް ދޯނިތައް ބަންނަވާ ފަރާތްތަކުންވެސް އެ މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންނަށް މާތްﷲ ލައްވާފައިވާ ނިއުމަތެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ހާލު، މި ސިނާއަތު އޭގެ ހައްގު މަގަށް ގެންދިއުމަށް ޕީޕީއެމުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އޭގެ އިތުރުން މަސްވެރިންގެ މެނިފެސްޓޯ އެކުލަވާލާއިރު، އެމަނިކުފާނަށް މަސްވެރިންގެ ފަރާތުން ހުށައަޅުއްވާ ކަންކަމަށް މަރުހަބާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top