ލޮލުގެ ބޭހެއް ބޭނުން ނުކުރަން އަންގައިފި

ިިި.jpg

ރާއްޖެ އެތެރެކުރާ ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން އެބޭސް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިޔާ ކުންފުންޏަކުން އުފައްދާފައިވާ އެލާސިން އައި ޑްރޮޕްސްގެ ހަ ބެޗެއްގައި ޑިފެކްޓެއް ހުރި ކަމަށް މެލޭޝިޔާގެ ނެޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީން އަންގާފައިވާ ކަމަށެވެ.

އެގޮތުން، ޑިފެކްޓް ހުރިކަމަށް ބުނާ ހަ ބެޗުގެ ތެރެއިން ދެ ބެޗެއް ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭން ބުނެ އެވެ.

ޑިފެކްޓު ހުރި ބެޗުތަކުގެ ތެރެއިން ރާއްޖެއަށް ޑިސްޓްރިބިއުޓް ކުރި ބެޗުތަކަކީ 193033L އަދި 200607L އެވެ.

މިއީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް، ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހަކަށް ވާތީ މިބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތާއި ގުޅިގެން އެ އޮތޯރިޓީން މިބޭހުގެ ދެންނެވިފައިވާ ބެޗުތައް ބާޒާރުން ނަގަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓު ތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ބޭސްތަކާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅާ، މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top