ހަތަރު ފުރޮޅުލީ އުޅަނދުގައި ދަތުރުކުރާއިރު ސީޓް ބެލްޓް އެޅުން މަޖްބޫރުކޮށްފި

close-up-hands-man-sitting-on-car-seat-and-royalty-free-image-1627570297.jpg

30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުޅަނދުގެ ކުރީ ސީޓުގައި އިންނަ މީހާ ސީޓްބެލްޓް އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ، އެއްގަމު އުނޅަދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން 01 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފޮރުޅުލީ އުޅަނދު ދުއްވާއިރު، ދުއްވަން އިންނަ މީހާއާއި ކުރީ ސީޓުގައި އިންނަ މީހާ ސީޓް ބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ދަތުރު ކުރާމީހުން ސީޓްބެލްޓު އެޅުމުގެ ކަންކަމާމެދު ވިސްނަވަމުން ގެންދާކަމަށް ވިދާޅުވެފައެވެ.

ސީޓް ބެލްޓް އެޅުމަކީ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެކެވެ. އަދި ސީޓް ބެލްޓް އަޅައިގެން އިންނަ ނަމަ ތަނެއްގައި ޖެހޭ ވަގުތު ނުވަތަ ބާރު ސްޕީޑުގައި ދުއްވާފައި ދާއިރު ކުއްލިއަކަށް ސްޕީޑު މަޑުކޮށްލާ ވަގުތު ލިބިދާނެ ގެއްލުމަކުން ރައްކާތެރި ވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top