އެހެން އަހަރުތަކަށްވުރެ މިއަހަރު ހޫނު ގަދަވާނެ. އެންމެ ހޫނުގަދަވާނީ އުތުރުގެ އަތޮޅުތަކަށް

1200px-Sunny_day_in_India.jpg

ފާއިތުވި އަހަރުތަކަށް ވުރެ މިއަހަރުގެ ހޫނު މިން ގަދަވާނެ ކަމަށާއި އެންމެ ހޫނުގަދަ ވާނީ ރާއްޖޭގެ އުތުރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

އެ އޮފީހުން ބުނީ މި އަހަރުގެ މާރިޗު މަސް ފެށުނު އިރުވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ ރާއްޖޭގައި އާއްމުކޮށް ފިނިހޫނުމިން ހުންނަ ވަރަށްވުރެ 0.5 ދަރަޖަ މަތީގައި ކަމަށެވެ.

މެޓް އޮފީހުން ތައްޔާރުކޮށްފައިވާ މޫސުން ކުރިއަށް ލަފާކުރާގޮތް ދައްކާ ޗާޓުން ފެންނަ ގޮތުގައި މިއަހަރު އެންމެ ހޫނުގަދަ ވާނީ ރާއްޖޭގެ އުތުރަށެވެ. ދެން އެންމެ ހޫނު ގަދަވާނެކަމަށް ލަފާކޮށްފައިވަނީ މެދު ރާއްޖެތެރެއަށެވެ. ފިނިހޫނުމިން އެންމެ ދަށްވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.

ދުނިޔޭގެ ފިނިހޫނުމިނަށް ބަލާއިރު ވެސް މިފަހުގެ އަހަރުތަކަކީ ހޫނުގަދަ އަހަރުތަކެއް ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށާއި މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ހޫނު ގަދަ ދުވަސް ވަރުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 9 މެއި 1991 ގައި ކައްދޫގައި ހުންނަ މެޓް އޮފީހުންނެވެ. އެދުވަހު ރާއްޖޭގެ ފިނިހޫނުމިން ވަނީ 36.8 ޑިގްރީއަށް މައްޗަށް ގޮސްފަ އެވެ. އަދި ރާއްޖޭގައި މިހާތަނަށް ފިނިހޫނުމިން އެންމެ ދަށް ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 11 އެޕްރީލް 1978 އެވެ. އެދުވަހު ރާއްޖޭގެ ފިނިހޫނުމިން 17.2 ޑިގްރީއަށް ވަނީދަށަސް ގޮސްފަ އެވެ.

ރާއްޖޭގެ ހޫނުމިން ދަށަށް ދާން ފަށާނީ މެއި މަހުގެ މެދެއްހާ ހިސާބު، ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top