އަމިއްލަ ކުންފުންޏަކުން އޭދަފުށީ ބޮޑު މިސްކިތަށް އާ ކާޕެޓެއް ހަދިޔާކޮށްފި

24068041_624041207720163_850363746462216938_n.jpg

މެޑްޓެކުން ހަދިޔާކުރި ކާޕެޓް އިއްޔެ އޭދަފުިއްޓަށް ބާލަނީ / ފޮޓޯ: އޭދަފުށީ ކައުންިސލް

އަމިއްލަ ކުންފުންޏެއްކަމުގައިވާ މެޑްޓެކް މޯލްޑިވްސް އިން އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) އަށް އާކާޕެޓެއް ހަދިޔާކޮށްފިއެވެ.

މެޑްޓެކުން ހަދިޔާކުރި ކާޕެޓް، އޭދަފުށީ ނިޔާމަބޯޑުން އިއްޔެވަނީ އޭދަފުއްޓަށް ގެނެސް ކައުންސިލާ ހަވާލުކޮށްފައެވެ. މެޑްޓެކުން ކާޕެޓް ހަދިޔާކޮޢްފައިމިވަނީ އޭދަފުށީ ކައުންސިލްގެ ހަރަދުގައި ބޮޑު މިސްކިތަށް ކާޕެޓެއް ގަތުމަށް 289000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ކުރީގެ ކައުންސިލުން މިދިޔަ މާރޗް މަހު ނިންމާފައިވަނިކޮށެވެ. ނަމަވެސް ކައުންސިލްގެ މިދައުރުގައި ތޮލާލް ވިދާޅުވީ ކާޕެޓް ހޯދާނީ ހެޔޮއެދޭފާރަތްތަކުގެ އެހީގައި ކަމަށެވެ.

ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން މިއަދު ވިދާޅުވީ އާކާޕެޓެއް އިއްޔެ ލިބުނުއިރު މިއީ ކައުންސިލުން ވިޔަފާރިވެރިންނާއެކު މަޝްވަރާކޮށް އޭދަފުއްޓަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށާ، ކުރިޔަށް އޮތްތަނުގައިވެސް މިފަދަ އެހީތައް ވިޔަފާރިވެރިންނާ ހެޔޮއެދޭފަރާތްތަކުން ހޯދަން މަސައްކަތް ކުރަމުންދާނޭކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑު މިސްކިތަށް ގެނައި ކާޕެޓް އެޅުމުގެ މަސައްކަތް ހަފްތާއެއްހާ ދުވަސްތެރޭގައި ކުރެވޭނޭ ކަމަށް ގަބޫލުކުރާކަމަށާ، އެކަން ކޮށްދޭނީވެސް މެޑްޓެކްގެ ހިލޭ އެހީގައި ކަމަށެވެ.

1995 ވަނައަހަރު ބިނާކުރި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން އާމިސްކިތުގައި އެންމެ ފުރަތަމަ ކާޕެޓްއެޅީ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް 1995 ގައެވެ. އޭގެފަހުން ކާޕެޓް އާކުރީ 2007 ވަނަ އަހަރު ޖުލައިމަހުގެތެރޭގައެވެ. އެ ދެ ފަހަރު މިސްކިތުގެ ކާޕެޓް އެޅުމުގައި އޭދަފުށީގެ މަހުޖަނު ޗާންދަނީގޭ އަހްމަދު ނަޒީރުގެ ބޮޑު އެހީތެރިކަމެއްވެދީފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top