އޭސީސީއަށް މެންބަރަކު އައްޔަން ކުރަން ޖެހޭ މުއްދަތު ހަމަވެއްޖެ

medium_100157.jpg

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެންބަރަކު އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ހަމަވެއްޖެއެވެ.

އޭސީސީގެ ގާނޫނުގައި ވާގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ.

އޭސީސީގެ މެންބަރަކު އެންމެ ފުރަތަމަ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. އެކޮމިޝަންގެ މެންބަރު އަލީ އަޝްރަފު، މެންބަރުކަމުން އިސްތިއުފާދެއްވިތާ އިއްޔެ ވަނީ 60 ދުވަސް ހަމަވެފައެވެ.

އަޝްރަފު އިސްތިއުފާ ދިނުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.

ގާނޫނުގައި ވާގޮތުން އޭސީސީގައި ފަސް މެންބަރުން ތިބެން ޖެހެއެވެ. ނަމަވެސް މިހާރު އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުގެ ސަބަބުން އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގައެވެ.

އޭސީސީގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަމަށް ފެންނާތީ އާއި އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެގޮތަށް ދައްކާ ކަމަށް ބުނެ، އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އޭސީސީގެ މެންބަރުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top