ތުޅާދޫގައި އަޅާ ހައުސިންގ ޔުނިޓްތައް ދޫކުރާ އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

big_O9FSoBCFo4xyHIOJhjZga99wc.jpg

ތުޅާދޫގައި ކުރިން އަޅާފައިވާ ރޯހައުސް ޔުނިޓް ތަކެއް--ފޮޓޯ :ޕީއެސް އެމް

ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޑްރާފްޓްގެ އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ ޚިޔާލަށް މިކަން ހުޅުވާލާފައި މިވަނީ ބ.ތުޅާދޫގައި އަލަށް ހަދާ 100ހައުސިންގ ޔުނިޓް ދޫކުރާ އުސޫލާއި، އަދި އެރަށު 100ހައުސިންގ ޔުނިޓް ދެ ކެޓަގަރީއަށް ބަހާނެ އަދަދާއިމެދުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޑްރާފްޓްކޮށްފައިވާ ”ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔަސަތުގެ ދަށުން އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި ޝަރުތުގެ ޑްރާފްޓް މިހާރު ވަނީ އާއްމު ކޮށްފަ އެވެ. މި ޑްރާފްޓްގައި ވަނީ ހައުސިންގ ޔުނިޓްގެ އަގުތަކާއި، ފައިސާ ދައްކާނެ އުސޫލާއި، އަދި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގައި ބަލާ ޝަރުތުތަކާއި ޕޮއިންޓްދޭ އުސޫލުގެ މަޢުލޫމާތުތައް ހިމަނާފައެވެ.

މި ގޮތުން ޚިޔާލު ހުށަޙަޅަން ބޭނުންވާ ފަރާތްތަކުން ލިޔުމުން ނުވަތަ ކައުންސިލުން ދޫކުރާ ޚިޔާލު ހުށަހަޅާ ފޯމު މެދުވެރިކޮށް މިހިނގާ އޮކްޓޯބަރ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ތުޅާދޫ ކައުންސިލުން އެދެއެވެ.

މެއިލް މެދުވެރިކޮށް ފޮނުވާ ހިޔާލު ވެސް ބަލައިގަންނާނެ ކަމަށާއި މެއިލް މެދުވެރިކޮށް ނަމަ  [email protected]  މެއިލްއަށް މެއިލް ކުރުމަށް ކައުންސިލުން އެދެއެވެ.

ބ.ތުޅާދޫގައި ސަރުކާރުން އިމާރާތްކުރަނީ 100 ހައުސިންގ ޔުނިޓެވެ. ރޯހައުސްގޮތަށް އިމާރާތްކުރާ މި ގެތަކަކީ 1400އަކަފޫޓުގެ ބަންޑާރަ ބިމުގައި ހަދާ 900އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ގެއެއްގައި 3 ކޮޓަރިއާއި 3 ފާޚާނައާއި ބަދިގެއާއި ސިޓިންގ ރޫމް ހިމެނެއެވެ.

ގެތައް ދޫކުރުމަށް ނިންމާފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބ.ތުޅާދޫ ރައްޔިތުންނާއި ބ.ތުޅާދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެނިހެން ރަށްތަކުގެ މީހުންނަށް ޚާއްސަ ކެޓަގަރީއެވެ. ދެ ކެޓަގަރީއަށް ކަނޑައަޅާނެ ހައުސިނގް ޔުނިޓްތަކުގެ އަދަދަށްވެސް އާއްމުންގެ ޚިޔާލަށް، ތުޅާދޫ ކައުންސިލުންވަނީ ހުޅުވާލާފައެވެ.

އާބާދީގައި ތިންހާހެއްހައި މީހުން ދިރިއުޅެމުން އަންނަ ތުޅާދޫގައި ގޯތި ބޭނުންވާ ގިނަ އާއިލާތައް ތިބިކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top