”14 ދުވަހުގެ ކަރަންޓީނު މުއްދަތު ކުރުކުރުމުގެ ވިސްނުމެއް އަދިނެތް.“

IMG-20200914-WA0001-850x548.jpg

ޑރ.އިބްރާހީމް އަފްޒަލް.

ކޮވިޑް-19 އާއި ގުޅިގެން މާލެއިން އަތޮޅު ތެރެއަށް ނުވަތަ ރާއްޖެއިން ބޭރުން މާލެއައިސް ކަރަންޓީނު ވާންޖެހޭ 14 ދުވަހުގެ މުއްދަތު ކުރުކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ބައެއް ގައުމުތަކުގައި ކަރަންޓީނުގެ މުއްދަތު މިހާރު ވަރަކަށް ދުވަހަށްކުރު ކޮށްފައިވީ ނަމަވެސް ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ، އަދި އެ ފަދަ މަޝްވަރާއެއް ނުކުރެވޭ ކަމަށާ، އެފަދަ ނިންމުމެއް ނިންމާނަމަ ނިންމަވާނީ ވަަގުތާއި ހާލަތަށް ބެލުމަށް ފަހު ޓެގް ޓީމުގެ ލަފާގެ މަތިންކަމަށެވެ.

“އަޅުގަނޑުމެންގެ 14 ދުވަސް އޮންނަނީ އިތުރު ސޭފްޓީ މެޝަރ އެއްގެ ގޮތުގައި. އެހެންނަމަވެސް ހާލަތާއި ވަގުތާއި އެކުގައި މިކަންކަމަކީ ބަދަލު އައުމުގެ ފުރުސަތު އޮންނާނެ ކަންތައްތައް. އެހެންވީމަ މި ހުރިހާ ކަމެއް އެޗްއީއޯސީގެ މީޓިންތަކުގައި އެ ވާހަކަދެކެވި މާހިރުންގެ މަޝްވަރާ ލިބި ކުރިއަށް ދާ ކަންތައް. އެހެންވީމަ ކަރަންޓީނު ދުވަސްތައް މަދު ކުރަން ޖެހޭތޯ ނޫންތޯ އެއީވެސް މަޝްވަރާ ކުރެވޭނެ ކަންތައްތައް.” ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިހާރުވެސް ކަރަންޓީނު ވާން ދެކޮޅުހަދާ މީހުން ތިބިކަން ފާހަގަ ކުރައްވަމުން ޑރ.އަފްޒަލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ވިސްނުމަކީ، އާއްމުންގެ އެއްބާރުލުމާއި އެކު އެ ފިޔަަވަޅުތައް ތަންފީޒުކުރުން ކަމަށެވެ. އެހެންކަމުން ވީހާވެސް ބޮޑަށް، އެޗްޕީއޭގެ އެންގުންތަކަށް ތަބާވެ އެއްބާރުލުން ދިނުމަކީ، ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި މުހިންމު ކަމެއްކަން އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top