”ލޮބީން ވިމެންސް ފުޓްސަލް ފިއެސްޓާ“ ފަށައިފި

viber_image_2020-10-21_22-11-40.jpg

ފްރެންޑްސް އާއި ޓީމް ޔޫސުފް ބައްދަލު ކުރި މެޗުގެ ތެރެއިން.

އޭދަފުށީ އަންހެނުންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވައި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން އޭދަފުށީ ލޮބީން ފިހާރައިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ”ލޮބީން ވިމެންސް ފުޓްސަލް ފިއެސްޓާ“ މިރޭ ފަށައިފި އެވެ.

ޖުމްލަ 5 ޓީމް ބައިވެރިވާ މި މުބާރާތުގައި މިރޭ ދެ މެޗް ކުޅެން ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ވާދަ ކުރީ ފްރެންޑްސް އާއި ކްލަބް ޔޫސުފް އެވެ. މި މެޗު 0-4 އިން ކާމިޔާބު ކުރީ ފްރެންޑްސް ޓީމެވެ. މި މެޗުގެ ކްއީން އޮފްދަ މެޗްގެ މަގާމު ހޯދާފައިވަނީ ފްރެންޑްސް ޓީމުގެ ޒީނިޔާ އެވެ.

ކްއީން އޮފް ދަ މެޗްގެ މަގާމަށް ހޮވުނު ފްރެންޑް ޓީމްގެ ޒީނިޔާ

މިރޭގެ ދެވަނަ މެޗުގައި ގަލްފް ގާލްސް އާ ދެކޮޅަށް ނުކުންނާނީ ހަބޭސް އެވެ.

90ގެ އަހަރުތަކުގައި އޭދަފުށީގެ ފުޓްބޯޅައިގާ ބޮޑު ނަމެއްގެ ގޮތުގައި މަޝްހޫރުވި އޭދަފުށީ ،އެވަރ ޗާންސް މުހައްމަދު ރަޝާދުގެ ލޮބިން ފިހާރައިން އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތް މިމަހުގެ 27 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

ލޮބީންގެ ފަރާތުން މިދިޔަމަހުވެސް ވަނީ ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތް ޚާއްސަ ކުރީ ފިރިހެން ޓީމު ތަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top